ސިވިލް ކޯޓު
ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުން

އިޢުލާން

 

 

  • މިކޯޓުގެ ގްރައުންޑު ފުލޯގައި 2 ސީލިންގ މައުންޓް އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް:

މިކޯޓުގެ ގްރައުންޑު ފުލޯގައި މިހާރު ހަރުކުރެވިފައިވާ ބްލޫ ސްޓަރ ބްރޭންޑުގެ ސީލިންގ މައުންޓު 02 (ދޭއް) އެއަރކޮންޑިޝަން ނައްޓާ 24000BTUގެ ސީލިންމައުންޓު 02 (ދޭއް) އެއަރކޮންޑިޝަން (އިންވަރޓަރ) ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ. ވީމާ މިދެންނެވުނު މަސައްކަތާއިގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީ ކުރެއްވުމަށް 11 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ޖަސްޓިސް ބިލްޑިންގ ގްރައުންޑް ފްލޯގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެން  ރަޖިސްޓްރީ ކުރެއްވި ފަރާތްތަކުން 18 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ސިވިލް ކޯޓުގެ ގްރައުންޑް ފްލޯގައި ހުންނަ ކައުންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑި ޖެހުމަށްފަހު ގެންނަ އެއްވެސް އަންދާސީހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެކެއް އަންދާސީހިސާބެވެ.

                  13 ޖުމާދަލްއޫލާ 1444

                  07 ޑިސެމްބަރ 2022

07 ޑިސެންބަރު 2022
ހޯދާ