މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ސިވިލް އިންޖިނިއަރ

   މަޤާމު:                     އެސިސްޓެންޓް ސިވިލް އިންޖިނިއަރ

   ބޭނުންވާ އަދަދު:                01

   ރޭންކް:                     އެމް. އެސް 2

   ކްލެސިފިކޭޝަން :              ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

   މުސާރަ :                    -/6295 ރުފިޔާ

   ސަރވިސް އެލަވަންސް:           -/3500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:             މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                     ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :    ފިޒިކަލް ފެސިލިޓީޒް ޑިވެލޮޕްމަންޓް ސެކްޝަން، ޕްރޮކިއުމަންޓް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުރިއަށް އޮންނަ އަހަރު ކުރިއަށް ގެންދަން ބޭނުންވާ ޢިމާރާތް ކުރުމާބެހޭ މަޝްރޫޢުތައް ރާވާ ޕްރޮޖެކްޝަން ތައްޔާރުކުރުން. އަދި ސެކްޝަނުން ހިންގާ މަޝްރޫޢުތައް ތަންފީޒު ކުރެވޭ މިންވަރު ބަލައި، ކޮންމެ ހަފްތާއަކު އެއްފަހަރު ސެކްޝަންގެ ވެރިޔާއަށް އެންގުން.
  2. އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް އާ ގުޅިގެން މިމިނިސްޓްރީން ސްކޫލްތަކުގައި ހިންގާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން އެއޮފީހުގެ ކަމާބެހޭ މުވައްޒަފުންނާއެކު ސައިޓް ވިޒިޓްތަކުގައާއި ޕްރޮގްރެސް މީޓިންގތަކުގައި ބައިވެރިވެ މަސައްކަތް ހިނގާނުހިނގާގޮތް ބެލުން.
  3. ސްކޫލްތަކުގެ ޢިމާރާތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސްކޫލުގެ ހާލަތު ދެނެގަނެވޭނެ ރިޕޯޓެއް ބޭނުންވެއްޖެ ހިނދެއްގައި އެ ސްކޫލަކަށް ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ރިޕޯޓް ތައްޔާރުކުރުމާއި އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެރިއެއްގެ ލަފަޔާ އެއްގޮތަށް އެޅުން.
  4. ސްކޫލް ޢިމާރާތްތަކަށް ގެންނަންޖެހޭ ކުރިއެރުން ސިފަކުރެވޭގޮތަށް ސްޓޭންޑަރޑް ކުރެހުންތަކެއް ތައްޔާރުކޮށް އެސްޓޭންޑަރޑްތަކަށް ސްކޫލް ޢިމާރާތްތައް ފެތޭތޯ ޗެކްކުރުން.
  5. އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް އިން ކޮންސެޕްޓް ޑިޒައިން އެޕްރޫވް ކުރުމަށް ފޮނުވުމުން މިނިސްޓްރީން އިޞްލާޙު ކުރަން ބޭނުންވާ ކަމެއްވޭތޯ ބަލައި އިޞްލާޙުކުރަން ބޭނުންވާ ކަމެއްވާނަމަ އެކަން ފާހަގަކޮށް އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް އަށް ހުށަހެޅުން.
  6. ސެކްޝަނުން ޓެންޑަރ ކުރުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ޓެންޑަރ ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކާއި ސްޕެސިފިކޭޝަންތައް ކަމާބެހޭ ބޭފުޅުންގެ ލަފަޔާ އެއްގޮތަށް ތައްޔާރުކޮށް އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް އަށް ފޮނުވަން ކަނޑައަޅާ ޕްރޮޖެކްޓްތައް އެއޮފީހަށް ފޮނުވުމާއި މިނިސްޓްރީން ކުރިއަށް ގެންދަން ކަނޑައަޅާ ޕްރޮޖެކްޓްތައް ޕްރޮކިޔުމެންޓް ޔުނިޓަށް ފޮނުވުމާއި، ޓެންޑަރ ކުރުމަށް އިތުރަށް ބޭނުންވާ މަޢުލޫމާތު އެފަރާތްތަކަށް ދިނުމާއި ލިޔެކިޔުންތައް ބެލެހެއްޓުން.

ޝަރުޠު:                                              

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 02 - 11 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރިގެ ވެބްސައިޓް www.moe.gov.mv އިން ލިބިވަޑައިނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ނޮވެންބަރު 30 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ.

20 ނޮވެންބަރު 2014
ހޯދާ