ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
މަޤާމު: |
ސީނިއަރ ލީގަލް އޮފިސަރ |
||
ބޭނުންވާ އަދަދު: |
01 |
|
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: |
ލީގަލް އެންޑް އެސެސްމަންޓް ސެކްޝަން |
||
މުސާރަ، ޢިނާޔަތްތަކާއެކު: |
މަހަކު : -/ 14,700 ރުފިޔާ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން މެންބަރުންނަށް ޤާނޫނީ ލަފާދިނުމާއި މައްސަލަތައް ހަލުވިކޮށް ފުރިހަމައަށް ބެލޭނެ އިންތިޒާމް ހަމަޖެއްސުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެކަންދަނީ ރަނގަޅަށްތޯ ބަލައި މޮނިޓަރކުރުން. - މައްސަލަތަކުގެ ރިޕޯޓްތައްޔާރު ކުރުމުގައި މެންބަރުންނަށް އެހީތެރިވެދިނުން. - ޓްރައިބިއުނަލްގެ ޙަރަކާތްތަކާއި ގުޅިގެން ޤާނޫނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް ޓްރައިބިއުންލްގެ މައްސަލަތައް ބެލުމުގައްޔާއި، ޓްރައިބިއުނަލްގެ އެހެނިހެން ކަންކަން ޒަމާނާއެއްގޮތަށް ހަލުވިކަމާ ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދު ޓްރައިބިއުނަލްގެ މެމްބަރުންނަށް ދިނުން. |
||
ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއެކު، ޤާނޫނީގޮތުން ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. |
|||
ހުށަހަޅުއްވަންޖެހޭ ތަކެތި:
ވީމާ، މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14.30 ގެ ކުރިން މި ޓްރައިބިއުނަލަށް (ކުރީގެ ހެލްތު މިނިސްޓްރީގެ ދެވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއުއަށް ކުރުމަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ސޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށްއެދޭ ފޯމު މި ޓްރައިބިއުނަލުންނާއި، އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓްwww.tat.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. |
25 މުޙައްރަމް 1436