ދިވެހިރާއްޖެ
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ވޭމަންޑޫ
ދިވެހިރާއްޖެ
ނަންބަރު: (IUL)392-ADM/392/2022/45
އިޢުލާން
ބާއިންޖީނުގޭހުރި ޢިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް
ވޭމަންޑޫ ކައުންސިލުންދޭ މަޢުލޫމާތާއި، ކުރެހުންތަކާއި، އަދި ސްޕެސިފިކޭޝަންތަކާއި އެއްގޮތައް ވޭމަންޑޫ ބާއިންޖީނުގޭ ގޯތީގައިހުރި ޢިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ވޭމަންޑޫ ކައުންސިލަށް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަދި [email protected] އަށް ސީ. ސީ ކުރަންވާނެއެވެ.
ބީލަންވެރިން ރަޖިސްޓްރީ ކުރުން: |
07 ޑިސެމްބަރ 2022 އިން 18 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 14:00 އަށް، |
ބީލަން ހުށަހެޅުމާއި، ހުޅުވުން: |
22 ޑިސެމްބަރ 2022 ވަނަދުވަހުގެ 10:00 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. |
މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި މަސައްކަތްކޮށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 07 ޑިސެމްބަރ 2022 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ނުވަތަ ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 18 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 10:00 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ. ބިޑް ހުޅުވުން އޮންނާނީ 22 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 10:00 ވޭމަންޑޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މިއިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަންލިޔެވިފައި އޮންނަންވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
13 ޖުމާދަލްއޫލާ 1444
07 ޑިސެމްބަރ 2022
ޚާދިމްކުމް
ރަޝްވާން އާދަމް
ކައުންސިލްގެ ރައީސް