އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

ނަންބަރު:GS210/IUL/2022/31

ޢިއުލާން

 

އަންދާސީ ހިސާބް ބޭނުންވެއްޖެ    

                   މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 18 ޑިސެމްބަރ 2022 ވާ އާދިއްތަ ދުވަހު 11:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

        އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6580262 ފޯނަށް ގުޅުއްވުންއެދެމެވެ.

 

       13 ޖުމާދަލްއޫލާ 1444

07 ޑިސެންބަރު 2022
ހޯދާ