އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ސާރވެޔަރ

މަޤާމު:

އެސިސްޓެންޓް ސަރވެޔަރ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމު ނަންބަރު: 232650

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ "ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު" ގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައްޑޫސިޓީ ކައުންސިލުގެ އިދާރާ، ހިތަދޫ
(ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް)

މަޤާމުގެ މަސްއޫލިއްޔަތު:

އައްޑޫސިޓީގެ ލޭންޑް ސަރވޭކޮށް އިންވަކިކުރުމާއި، އައްޑޫ ސިޓީގެ ބިން ބޭނުންކުރާނެގޮތުގެ ޗާޓު ކުރެހުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތާއި ޓެކްނިކަލް މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. އެސިސްޓެންޓް ސަރވެޔަރގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

1.  ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3.  މަސައްކަތުގެ ހުނަރާއި ޤާބިލުކަން.

* މިމަޤާމަށް މީހުން ހޮވުމުގައި، ލޭންޑް ސަރވޭކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚު:

އިންޓަރވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެ ތަނަކާއި ގަޑި، ލިޔުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލުގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ.)
  2. މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށްފެންނަ) ސާފު ކޮޕީ.
  3. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  5. ކޯސް ފުރިހަމަކުރުމަށްފަހު ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ "ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓު"
  6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް (މި އިދާރާގެ މުވައްޒަފުން މި ލިޔުން ހުށަހަޅަން ނުޖެހޭނެއެވެ.)
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީންކުރުމާއި ޝޯޓްލިސްޓް ކުރުން:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ސްކްރީންކުރުމާއެކު، މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ،  ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މިގޮތުން ޝޯޓްލިސްޓް ކުރުމުގައި ބެލޭނެ ކަންތައްތަކަކީ:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  3- މަސައްކަތުގެ ހުނަރާއި ޤާބިލުކަން.

ސުންގަޑި:

2014 ނޮވެންބަރު 27 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލުގެ އިދާރާއަށް.

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް އައްޑޫސިޓީ ކައުންސިލުގެ އިދާރާގެ ނަންބަރު 6885003 ފޯނަށް ގުޅުން އެދެމެވެ.

23 މުޙައްރަމް 1436

16 ނޮވެންބަރު 2014
ހޯދާ