މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

ވަޒީފާގެ ފުރުޞަތު  (ކޮންސަލްޓެންޓް)

ވަރލްޑް ބޭންކުގެ އެހީއާއެކު ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް، ވޮކޭޝަނަލް އެޑިޔުކޭޝަން ސްޓްރެޓިޖިކް އިމްޕްލިމެންޓޭޝަން މޮޑެލެއް ފަރުމާކޮށްދޭނެ ކޮންސަލްޓެންޓެއް ބޭނުންވެއެވެ.

މަޤާމު: ކޮންސަލްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތުގެ މުއްދަތު: ހަތަރު (4) މަސްދުވަސް ނުވަތަ ދެފަރާތް އެއްބަސްވާ މުއްދަތަކަށް.

މުސާރަ: ދެފަރާތް އެއްބަސްވާ މިންވަރަކަށް.

ފެންވަރު ނުވަތަ ޝަރުޠު:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރާއި، މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރެފަރެންސްގައި ބަޔާންކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރެންސް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ވެބްސައިޓް http://www.eedp.moe.gov.mv  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 1 ޑިސެންބަރު 2014 ގެ 14:00 ގެ ކުރިން  އެދުރުހިޔާ އިމާރާތުގެ ނަންބަރު: 103،  1 ވަނަ ފަންގިފިލައަށް، އަންނަނިވި ޑޮކިއުމަންޓްތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3341319 އަށް ގުޅުން އެދެމެވެ. އެއަށްވުރެ ފަހުން ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

ހުށަހަޅާނެ ލިޔުންތައް:        

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ވަޒީފާއަށް އެދޭކަމުގެ ލިޔުން.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ސީ.ވީ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވެލިޑޭޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނެ ރެފަރެންސް ލެޓަރ

އެޕްލިކޭޝަން އެޑްރެސްކުރާނީ ތިރީގައިވާ ފަރާތަށެވެ:

      ޕްރޮޖެކްޓް ކޯޑިނޭޓަރ

      ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ސީ.އެސް.ޔޫ)، ޕޮލިސީ ޕްލޭނިންގ އެންޑް ރިސަރޗް ސެކްޝަން

      ނަންބަރު: 103، 1 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ

       ފޯން: 3341319

       އީމެއިލް: [email protected]

މަޤާމަށް ހޮވުން:  - މި މަޤާމަށް ހޮވޭނީ ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއުކުރުމަށްފަހު އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް މީހަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވާރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރ.ޑީ ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓެންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލު، ޖަނަވަރީ 2011" ގައިވާ ގޮތުގެ މަތިންނެވެ.

އިތުރު މަޢުލޫމާތު: - މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، މި މިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ ނަންބަރު 3341319 ފޯނާ ގުޅުން އެދެމެވެ.

                         16 ނޮވެންބަރު 2014

16 ނޮވެންބަރު 2014
ހޯދާ