މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަނަދޫގައި އޮޑި ދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންޖެހޭ އުޞޫލު ޢާއްމު ކުރުން.

އިޢުލާން

 

ނ. މަނަދޫގައި އޮޑި ދޯނިފަހަރު އެހެލާ ބޭލުމުގައި އަމަލުކުރަންޖެހޭ އުޞޫލު ޢާއްމު ކުރުން.    

ނ. މަނަދޫގައި އޮޑި ދޯނިފަހަރު އެހެލާ ބާލާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް، އަދި ޢަމަލުކުރަންޖެހޭ އުޞޫލު ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ތިރީގައި މިދަންނަވަނީއެވެ. 07 ޑިސެމްބަރ 2022 އިން ފެށިގެން މިދަންނާވާ އުޞޫލުތަކާއި އެއްގޮތަށް އަމަލު ކުރެއްވުމަށާއި، މިދެންނެވި ޙިދުމަތް ހޯއްދަވަން ބޭނުންވާ ނަމަ މިއިދާރާއަށް ދުރުވެ އެޚިދުމަތް ހޯދުމުގެ ހުއްދައަށް އެދޭ ފޯމް ފުރުއްވައިގެން ޙިދުމަތް ހޯއްދެވުމަށް ދަންނަވަމެވެ.

ނ. މަނަދޫގައި އޮޑި ދޯނިފަހަރު އެހެލާ ބޭލުމުގައި އަމަލުކުރަންޖެހޭ އުޞޫލު

  • މިރަށުގައި ބޭނުންކުރާ އުޅަނދެއް ވަގުތީ ގޮތުން އެހެލާފައި ބޭއްވޭނީ ގިނަވެގެން 15 (ފަނަރަ) ދުވަހު އެވެ. އިތުރުވާ ކޮންމެ ދުވަހަކަށް އޮޑީގެ ދިގުމިނަށްބަލާ ފޫޓަކަށް -/1 (އެކެއް ރުފިޔާ) ގެ ރޭޓުން ޖެހޭމިންވަރު ކުލީގެ ގޮތުގައި ކޮންމެ ދުވަހަކު ދައްކަންޖެހޭނެއެވެ.
  • މިރަށުގައި ބޭނުންކުރާ އުޅަނދެއް މަރާމާތު ކުރުމަށް އެހެލާފައި ބޭއްވޭނީ ގިނަވެގެން 1 (އެކެއް) މަސް ދުވަހު އެވެ. އިތުރުވާ ކޮންމެ ދުވަހަކަށް، އޮޑީގެ ދިގުމިނަށްބަލާ ފޫޓަކަށް -/1 (އެކެއް ރުފިޔާ) ގެ ރޭޓުން ޖެހޭމިންވަރު ކުލީގެ ގޮތުގައި ދައްކަންޖެހޭނެއެވެ.
  • ރަށުންބޭރު އުޅަނދެއް އެހެލާނަމަ، އުޅަނދުގެ ދިގުމިނަށް ބަލާ، ފޫޓަކަށް -/1 (އެކެއް ރުފިޔާ) ގެ ރޭޓުން ޖެހޭމިންވަރު، އުޅަނދު އެހެލާ ދުވަހުންފެށިގެން ކޮންމެ ދުވަހަކު ކުލީގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.
  • އޮޑިދޯނިފަހަރު އެހެލުމަށް ހުއްދަ ނަގާ ފަރާތުން އުޅަނދު ބާއްވާ ސަރަހައްދު ސާފުކޮށް ބަލަހައްޓަން ވާނެއެވެ. އަދި އުޅަނދު ބޭލުމަށްފަހު 2 (ދޭއް) ދުވަސްތެރޭ އެސަރަހައްދައް އެޅިފައިވާ ކުންޏާއި ބެހެއްޓިފައިވާ ތަކެތި ނަގާ ބިން ސާފުކުރަން ވާނެއެވެ.
  • އެހެލުމަށް ހުއްދަދެވޭ އުޅަނދު ފިޔަވާ އިތުރު އުޅަނދެއް ނުވަތަ މުދަލެއް އޮޑި ދޯނިފަހަރު އެހެލާ ސަރަހައްދުގައި ބެހެއްޓުމަކީ މަނާކަމެކެވެ. އަދި މިފަދައިން ބެހެއްޓޭ މުދާ އިތުރު އެންގުމަކާ ނުލާ ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

E 12 1444

06 ޑިސެމްބަރ 2022

06 ޑިސެންބަރު 2022
ހޯދާ