ދިވެހިރާއްޖެ
މި އޮފީހުން ދޭ ކުރެހުމާއި އެއްގޮތަށް ބިއްލޫރި ޕަރޓިޝަންޖަހައި އައު އޮފީސް އިމާރާތުގެ ރިސެޕްޝަން ފަރުމާކޮށް ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2022 ޑިސެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މ. ފިނިފަރު އިމާރާތަށް (މާފަންނު ސަހަރާ ކުރިމަތި) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ ގަޑިއަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން:
ތަން: ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް
މޫކައި ސުއިޓްސް، 8 ވަނަ ފަންގިފިލާ
މ.ސަކައިމޫ، ހަވީރީ ހިނގުން
ތާރީޚް: 14 ޑިސެންބަރު 2022
ގަޑި: 11:00
މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ކުރެހުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކަށް އެރުވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި، ނަންބަރު 7960440 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.