| 
 ބުރޫނާއީ ދާރުއްސަލާމް ގަވަރމަންޓް ސްކޮލަރޝިޕްސް 2016/2015  
 | 
| 
 ކޯހުގެ ދާއިރާ: 
 | 
 ކޯހުގެ ލެވެލް 
 | 
| 
 މިޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާ (އެޓޭޗްމަންޓް –އޭ އާއި މިނިމަމް އެންޓްރީ ކޮލިފިކޭޝަން) ގައި ހިމެނޭ ކޯސްތަކުގެ ތެރެއިން ކޯހެއް 
 | 
 ބެޗްލަރސް ޑިގްރީ 
 | 
| 
 މާސްޓަރސް ޑިގްރީ 
 | 
| 
 ޕީ.އެޗް.ޑީ 
 | 
| 
 ބުރުނާއީ 
 | 
 ޤައުމު: 
 | 
- ބުރުނާއީ ދާރުއްސަލާމް ގަވަރމަންޓް ސްކޮލަރޝިޕާބެހޭގޮތުން މިޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާ "މިނިމަމް އެންޓްރީ ކޮލިފިކޭޝަން އާއި އެޓޭޗްމަންޓް – އޭ" އާއި "އެނައުސްމަންޓް" ގައިވާ ކޯހާގުޅޭ ޝަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ. އަދި
 
- ޕީ.އެޗް.ޑީ ފުރިހަމަކުރުމަށް އެދިލައްވާ ފަރާތްތަކުން މާސްޓަރޒް ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރައްވާތާ، 3 ޑިސެންބަރު 2014 ގެ ނިޔަލަށް 2 އަހަރު ފުރިހަމަވެފައިވުން. އަދި
 
- މާސްޓަރޒް ޑިގްރީ ފުރިހަމަކުރުމަށް އެދިލައްވާ ފަރާތްތަކުން ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރައްވާތާ، 3 ޑިސެންބަރު 2014 ގެ ނިޔަލަށް 2 އަހަރު ފުރިހަމަވެފައިވުން. އަދި
 
 
* ކޯސްތަކުގެ ޝަރުތުތަކާއި އަދި ކޯސްތަކާބެހޭ އިތުރު މަޢުލޫމާތު އަދި އެޕްލިކޭޝަން ފޯމް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mvއިން ލިބިވަޑައިގަންނަވާނެއެވެ. 
 | 
 ޝަރުތު: 
 | 
- މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ބުރުނާއީ ސަރުކާރުންނެވެ.
 
- މި ސްކޮލަރޝިޕްގެ ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ބުރުނާއީ ސަރުކާރުގެ ފަރާތުންނެވެ. އެހެންކަމުން ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވޭނީ ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ވާދަކޮށްގެންނެވެ. ވީމާ ތަޢުލީމީ ހުރިހާ ސެޓުފިކެޓުތަކެއް ހުށަހެޅުމަކީ މުހިންމު ކަމެކެވެ.
 
- ކޯހަށް އެދި ހުށަހަޅުއްވާ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަކަށްވާން ޖެހޭނެއެވެ. އަދި ޑިޕްލޮމާ/ބެޗްލަރސް ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ސެޓުފިކެޓް ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެ ކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެ އޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެ ސެޓުފިކެޓާއެކު ތަޢުލީމް ހާޞިލްކުރި ކޯހުގެ ފުލް ޓްރާންސްކްރިޕްޓް ހުށަހަޅުއްވަން ވާނެއެވެ.
 
- ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެފަރާތްތަކުގެ އެޕްލިކޭޝަން ބާތިލް ކުރެވޭނެވެ.
 
- މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިއުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
 
- މި ސްކީމްގެ ދަށުން ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ކޯހަށެވެ.
 
މިކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް ފުރިހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލްވާނެއެވެ.
- މިސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމް ހާސިލް ކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ. 
 
 
 | 
 އިތުރު މަޢުލޫމާތު:  
 | 
- ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
 
 
  (މިޑިޕާޓްމަންޓްގެ އެޕްލިކޭޝަން ފޯމުގެ 1 އަސްލު އަދި ބުރުނާއީ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓާއި އެހެނިހެން ލިޔުންތަކުގެ 3 ކޮޕީ). 
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ޑިޕްލޮމާ/ ބެޗްލަރސް / މާސްޓަރސް ޑިގްރީ ސެޓުފިކެޓު. އަދި ޑިޕްލޮމާ/ބެޗްލަރސް ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމް ހާޞިލްކުރި ކޯހުގެ ފުލް ޓްރާންސްކްރިޕްޓް ހުށަހަޅުއްވަން ވާނެއެވެ.
 
- ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ.
 
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާއި އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖެހި އަޞްލު. އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
 
- އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެނަން، މަޤާމް، ސޮއި
 
 
ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލްކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
- ޕީ.އެޗް.ޑީ އަށް ހުށަހަޅުއްވާފަރާތްތަކުން މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާތާ، 3 ޑިސެންބަރު 2014 ގެ ނިޔަލަށް 2 އަހަރު ފުރިހަމަވެފައިވާކަން އަންގައިދިނުމުގެ ގޮތުން  އެމީހަކު ވަޒީފާ އަދާކުރަމުންދާ ނުވަތަ އަދާކޮށްފައިވާ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
 
- މާސްޓަރސް ޑިގްރީއަށް ހުށަހަޅުއްވާ ފަރާތްތަކުން ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާތާ، 3 ޑިސެންބަރު 2014 ގެ ނިޔަލަށް 2 އަހަރު ފުރިހަމަވެފައިވާކަން އަންގައިދިނުމުގެ ގޮތުން އެމީހަކު ވަޒީފާ އަދާކުރަމުންދާ ނުވަތަ ވަޒީފާ އަދާކޮށްފައިވާ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. މިގޮތުން ގެނެވޭ ލިޔުންތަކުގައި ވަޒީފާ އަދާކުރަން ފެށި ތާރީޚާއި ނިމުނު ތާރީޚު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
 
- ކޯހަށް އެދޭ ފަރާތުގެ ވަނަވަރު. (ވަނަވަރުގައި ކެންޑިޑޭޓުގެ ސޮޔާއި ތާރީޚު އޮންނަން ވާނެއެވެ.)
 
- ޕޮލިސް ރިޕޯޓް.
 
- 2 ރިފަރެންސް ލެޓަރ (ސީލްޑް އެންވެލޮޕްގައި)
 
- ޕީ.އެޗް.ޑީ އަދި މާސްޓަރސް ކޯހަށް ކުރިމަތިލައްވާ ބޭފުޅުން ރިސާޗް ޕްރޮޕޯސަލް ހުށަހަޅަން ވާނެއެވެ.
 
- ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު ދޫކުރާނެކަމުގެ ލިޔުން.
 
 
 | 
ހުށަހަޅަންޖެހޭ ތަކެތި:
 | 
| 
 ސުންގަޑި: 3 ޑިސެންބަރު 2014 (ބުދަ) ދުވަހުގެ 14.30 ގެ ކުރިން މިޑިޕާޓްމަންޓްގެ ކައުންޓަރ (ވެލާނާގެ / 2ވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. 
 | 
| 
 ކޯހަށް އެދޭ ފޯމް ހެނދުނު 8.30 އިން މެންދުރުފަހު 15.00 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341373 އިން ލިބިވަޑައިގަންނަވާނެއެވެ. 
 | 
|   | 
  | 
  |