މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ، ޕްރޮޖެކްޓް ޑިވޮލޮޕްމަންޓް

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓަންޓް ޑިރެކްޓަރ، ޕްރޮޖެކްޓް ޑިވޮލޮޕްމަންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 3 (މެނެޖީރިއަލް ސަރވިސް 3)

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

 އިނާޔަތްތައް

މުސާރަ: -/7,035 ރ

-/2,000 ރ

މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުތު

  1. ތިމާވެށްޓާއި ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއި އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ތިމާވެށްޓާއި ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. ތިމާވެށްޓާއި ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި  2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  4. ތިމާވެށްޓާއި ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ފެނާއި ނަރުދަމާއާއި ގުޅޭ ސްޓޭންޑަރޑްސް އާއި ގައިޑްލައިންސް ތައްޔާރު ކުރުމާއި، ތައްޔާރު ކުރެވޭ ސްޓޭންޑަރޑްސް އަދި ގައިޑްލައިންސްއާއި އެއްގޮތްވާ ގޮތުގެމަތިން ފެނާއި ނަރުދަމާ ނިޒާމްގެ ނެޓް ވާރކްތައް ޑިޒައިންގކޮށް ޓެންޑަރ ޑޮކިއުމަންޓްސް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރު ކުރުމާއި އަދި އިސްވެ ހުންނެވި ވެރިޔަކު ޗުއްޓީ ނަންގަވައިފިނަމަ ސެކްޝަނާއި ހަވާލުވެ މަސައްކަތް ކުރުން.

2 ރަށްރަށުގައި ޤާއިމުކުރެވޭ ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިންތައް ރިވިއުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި އިވެލުވޭޓް ކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

3- ރަށްރަށުގައި ޤާއިމް ކުރެވޭ ފެނާއި ނަރުދަމާ ނިޒާމްތައް ޑިޒައިން ކުރުމުގެ އެއްވެސް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއް ހައްލު ކުރުމަށްޓަކައި ބޭނުންވާ ފަންނީ ލަފާ ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

4- ޓެންޑަރަށް ހުށައަޅަންޖެހޭ ޕްރޮޖެކްޓްތައް ކަނޑައެޅިފައިވާ ތާރީޚަށް ޓެންޑަރަށް ހުށައެޅުމާއި ޕްރޮޖެކްޓް ތަކާއި ގުޅިގެން ދޭންޖެހޭ ކޮމެންޓް ދިނުމާއި ޓެންޑަރިން މަރުހަލާގައި ބައިވެރިވާންޖެހޭ މީޓިންތަކުގައި ގަވާއިދުން ބައިވެރިވުން.

5- ރަށްރަށުގައި ޤާއިމް ކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމްތައް ހިނގާ ނުހިނގާ ގޮތުގެ އެސެސްމެންޓް ތައްޔާރުކޮށް ތައްޔާރު ކުރެވޭ މައުލޫމާތު ދޭންޖެހޭ ފަރާތްތަކަށް އެމައުލޫމާތު ލުއިފަސޭހަ ގޮތެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއެކު އެކިފަރާތްތަކަށް ދޭންޖެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެކު ކަނޑައެޅިފައިވާ ގޮތުގެ މަތިން އެފަރާތްތަކަށް ފޯރުކޮށް ދިނުން.

6- އެހެނިހެން ޤަޢުމުތަކުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމްތަކުގެ ޓެކްނޮލަޖީ އެނަލައިސްކޮށް، ދިވެހިރާއްޖޭގައި އެފަދަ ނިޒާމުތައް ޤާއިމުކުރުމާއި ގުޅޭ ގޮތުން ދިރާސާކޮށް އެއްކުރެވޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޯރުކޮށް ދިނުން.

7- ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ ފެނާއި ނަރުދަމާއާބެހޭ ސެމިނަރ އަދި ޖަލްސާފަދަ ކަންކަމުގައި ބައިވެރިވެ ތައްޔާރު ކުރަންޖެހޭ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން.

8- ޔުނިޓުން ކުރިއަށް ގެންދާ މަސައްކަތާއި ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީ، ރިޕޯޓް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައި، އެ ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބެއް ނިންމައި ސެކްޝަންގެ މުވައްޒަފުންނާއި ދުވަހުން ދުވަހަށް މަސައްކަތް ހަވާލުކުރުން.

9- ޔުނިޓުގެ މުވައްޒަފުންނާއި ބޭރުގެ ކޮންސަލްޓެންޓުންނަން ބޭނުންވާ މަސައްކަތުގެ މާހައުލު ތަނަވަސްކޮށްދީ މަސައްކަތް ކުރެވޭގެ މަގުތައް ތަނަވަސް ކޮށް ދިނުން.

10- އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ޑިޕާޓްމަންޓްގައި އިސްވެ ހުންނެވި ބޭފުޅަކު މަސައްކަތް ކުރައްވަމުންދާހިނދު އެފަރާތަކަށް ބޭނުންވާ އެހީތެރިކަމަކަށް އެދިއްޖެ ހިދެއްގައި އެހީތެރިކަން ދެއްވުމާއި ބަޖެޓާއި އަހަރީ ރިޕޯރޓް  ހެދުމުގައި އަމަލީ ގޮތުންބައިވެރިވުން.

11- ދުވަހުން ދުވަހަށް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި،ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ ޕާރފޯމަންސް ބެލުމަށްޓަކައި އަހަރަކު 3 ފަހަރު ސްޕަވައިޒް ކުރެއްވުމާއި، ސުޕަވައިޒް ކުރާ މުވައްޒަފުންގެ "ވާރކްލޯޑް" ގަވާއިދުން ބެއްލެވުމާއި، ކުރެވޭ މަސައްކަތްތަކާއި ގުޅިގެން ދޭންޖެހޭ ލީޑަރޝިޕް، ގައިޑެންސް މުވައްޒަފުންނަށް ދިނުމާއި މުވައްޒަފުންނަށް، ބޭނުންވާވަސީލަތްތައް ހޯދައިދިނުމުގައި މަގުފަހި ކޮށްދިނުމާއި، ދިމާވާ ފަންނީ އަދި އެހެނިހެން މަސްއަލަތައް ޙައްލުކުރުމުގައި އެހީތެރިވެ ދިނުން.

12- މީގެއިތުރުން ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ފެނާއި ނަރުދަމާ ނުވަތަ ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު
  2. ފެނާ ނަރުދަމާ ނުވަތަ ގުޅުންހުރި ދާއިރާއަކުން މަޝްރޫޢުތައް ވިލަރެސްކޮށް ތަންފީރުކުރުމުގައި ލިބިފައިވާ ތަޖުރިބާ.
  3. ބޭރުގެ ތަފާތު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
  4. ފެނާ ނަރުދަމާ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  5. ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާއި ބެހޭ ޤަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
  • ސުންގަޑި: 03 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 04 ޑިސެންބަރު  2014 އާއި 31 ޑިސެންބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

                        27 މުޙައްރަމް 1436 

20 ނޮވެންބަރު 2014
ހޯދާ