މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައެއް އޮފީސް ފަރުނީޗަރ ގަތުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިސަރވިސްގެ ޑްރަގް އެންފޯރސްމަންޓް ޑިޕާޓްމަންޓަށް ބޭނުންވާ ބައެއް އޮފީސް ފަރުނީޗަރ ގަތުމަށް ބޭނުންގެން ކުރި H3(PU)/IUL/2014/244-ފ171 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިއަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
- ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 20 ނޮވެންބަރު 2014 އިން ފެށިގެން 2014 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) އަށެވެ. ބީލަން ފޮތެއްގެ އަގަކީ -/100ރ (ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ. މި ޕްރޮޖެކްޓުގެ ބީލަންފޮތް ކުރިން ބައްލަވައިގެންފައިވާ ފަރާތްތަކުން އަލުން ބީލަން ފޮތް ބައްލަވައިގަންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް، ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމަށް ނަންނޯޓް ކުރައްވަންވާނެއެވެ.
- މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2014 ނޮވެންބަރު 26 ވާ ބުދަ ދުވަހުގެ 13:00 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2014 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2014 ޑިސެންބަރު 01 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
17 ނޮވެންބަރު 2014
ހޯދާ