މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނެރުބައްތި ޖެހުން،
މިއިދާރާގެ ނަމްބަރު: (IUL)330-B/330/2022/18 (17ނޮވެންބަރު 2022) އިޢުލާނާއި ގުޅިގެން، ހުށަހަޅާފައިވާ ބީލަންތައް ބާޠިލްކޮށް، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިރަށު ހުޅަނގުފަރާތު ނެރުމަގުގެ އެކިހިސާބުގައި، 06 ނެރުބައްތި ޖެހުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުން އެދެމެވެ.
- މިބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ޑިސެންބަރު 12 ވާ ހޯމަ ވަހުގެ 13:00 ގެ ކުރިން ބީލަމުގައިބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަންހުށަޙެލޭނީ ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުން ފޯމް ލިބެން ހުންނާނެއެވެ. މިކަމާއިގުޅިގެން ކުރިން ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ.
- ބީލަމުގެ ޕްރީބިޑް މީޓިންގް އޮންނާނީ 2022 ޑިސެންބަރު 14 ވާ ބުދަ ދުވަހުގެ 13:00 ގައި ކާށިދޫ ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމުގައެވެ.
- ބިޑުހުށަހެޅުމާއި ބިޑު ހުޅުވުން އޮންނާނީ 2022 ޑިސެންބަރު 20 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކާށިދޫކައުންސިލް އިދާރާގެ މީޓިންގް ރޫމުގައެވެ.
ބީލަމާއި ގުޅިގެން އިތުރު މަޢުލޫ ސާފުކުރުމަށް ބޭނުންފުޅު ވެލައްވާނަމަ، ސަރުކާރުގެ ރަސްމީގަޑީގަ މިއިދާރާގެ 6641013 ނުވަތަ 7877133 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
06 ޑިސެންބަރު 2022
ހޯދާ