ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތެއްވޭތޯ ބެލުމަށް

ރުއްގަހުގެ ވެރިފަރާތެއްވޭތޯ ބެލުމަށް

ރަށުގެ ފެނާ ނަރުދަމާގެ މަޝްރޫއުގެ ދަށުން، ނަލަފެހި ގޭގެ އިރުން ހަދަމުން ގެންދާ ޕަންޕް ސްޓޭޝަން ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދާއި އެސަރަޙައްދުން ހޮޅިވަޅުލަންޖެހޭ މަގުތަކަށް އަރައިގެން، މި އިދާރާއިން ނަންބަރު ޖަހާފައިވާ ( A-1 ން A-123 ށް ) ރުއްގަހާއި، މިރަށު އުދަރެސްގޭގެ އިރު އުތުރުގައި ހަދަމުން ގެންދާ ޕަންޕް ސްޓޭޝަން ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދާއި، އެސަރަޙައްދުން ހޮޅިވަޅުލަންޖެހޭ މަގުތަކަށް އަރައިގެން، މި އިދާރާއިން ނަންބަރު ޖަހާފައިވާ ( K-1 ން K-86 ށް ) ރުއްގަހުގެ ތެރޭގައި އެއްވެސް ފަރާތެއްގެ ރުކެއް އަދި ގަހެއް ހުރިނަމަ،  08 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ލިޔުމުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. (ހުށަހަޅަން ޖެހޭ ލިޔުމުގެ ނަމޫނާ މިއިދާރާއިން ލިބެން ހުންނާނެއެވެ.)

ހުށަހެޅުންތައް ބަލައިގަތުން އޮންނާނީ 28 ނޮވެންބަރު 2022 ވާ ހޯމަ ދުވަހުން ފެށިގެން 08 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 13:00 ށް މި އިދާރާގައެވެ.

ދަންނަވާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ލިޔުމުން ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ރުއްގަހުގެ ބަދަލުގެ ކަންތައް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ހަމަޖެއްސުމަށް ފަހު، ރުއްގަސް ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ދަންވާފައިވާ ސަރަހައްދު ތަކުގައި މިއިދާރާއިން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ތެރޭގައި ލިޔުމުން ހުށަޅާފައިނުވާ ނުވާ ރުއަގަހަކީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލައި ހަމަޖެހިފައިވާ އުޞޫލުން ނައްތާލެވޭނޭ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6500031 ފޯނާގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ނޮވެންބަރު 2022
ހޯދާ