ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މަސްވެރިންގެ ދުވަސް 2022 ފާހަގަ ކުރުމުގެގޮތުން ބޭވުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
                                މަސްވެރިންގެ ދުވަސް 2022 ފާހަގަކުރުމުގެ ގޮތުން ފިނޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ޚާއްސަކޮއްގެން މަސްރޭހެއް ބޭވުމަށް ވަނީ ހަމަޖެހިފައިއެވެ. މި މަސްރޭސް ބޭވުމަށް ހަމަޖެހިފައި ވަނީ 10 ޑިސެންބަރު 2022 ވާ ހޮނިހިރު ދުވަހުއެވެ.
މި މަސްރޭހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 08 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.
މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ގަވާއިދު ރަސްމީ ގަޑީގައި މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި، އިތުރުމަޢުލޫމާތު ހޯއްދެވުމަށް 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
             06 ޑިސެންބަރު 2022
            
        
                    ހޯދާ  
                
                