ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރުގައި ގޭޓް ހަދައި ހަރުކުރުން

މި އިޢުލާންވަނީ 13 ޑިސެންބަރު 2022 21:04 ގައި ބާތިލް ކުރެވިފައެވެ.


            މިކޯޓުގެ ނަންބަރު:B9C-A/2022/5 އިޢުލާނާ ގުޅިގެން ކޯޓޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުން، ކޯޓޭޝަންތަކާއެކު ހުށަހަޅަން މިކޯޓުން އަންގާފައިވާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް، މިކޯޓުގެ ވަށާފާރުގައި ގޭޓް ހަދައި ހަރުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓާއި ކުރެހުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މިމަސައްކަތާ ގުޅިގެން އިތުރު މަޢުލޫމާތު ސާފްކުރަން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2022 ޑިސެންބަރު 08 ވަނަ ދުވަހުގެ 10:00 ގައި މިކޯޓުގައި އޮންނާނެއެވެ.

             ކޯޓޭޝަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19(ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެންޏެވެ.

             ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޑިސެންބަރު 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޓުގެ އީމެއިލް އެޑްރެސް:[email protected] އަށް ކޯޓޭޝަން މެއިލްކުރެއްވުން އެދެމެވެ. ކޯޓޭޝަނާއެކު ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއާއި އެސް.އެމް.އީ ރަޖިސްޓްރީގެ ކޮޕީއާއި ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާނަމަ ސަބަބު ބަޔާންކޮށް މކޯޓަށް ސިޓީއަކުން ހުށަހަޅަން ވާނެއެވެ.

            އިތުރު މަޢުލޫމާތު ސާފްކުރުމަށްޓަކައި މިކޯޓުގެ ނަންބަރު: 6521679 ނުވަތަ 6528950 ފޯނަށް ގުޅުއްވުން އެދެމެވެ.

 

12 ޖުމާދަލްއޫލާ 1444

06 ޑިސެންބަރު 2022

06 ޑިސެންބަރު 2022
ހޯދާ