ދިވެހިރާއްޖެ
މި އިޢުލާންވަނީ 23 ނޮވެންބަރު 2014 09:45 ގައި ބާތިލް ކުރެވިފައެވެ.
ސްކޫލްކުދިންގެ ފޮތްތައް ޑެލިވަރީކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
2015 ވަނަ އަހަރު ގްރޭޑް 01 ން 10 ގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2014/224) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ 5 ފަރާތުގެ ތެރެއިން 3 ފަރާތުން ބިޑާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ މީޓިންގރޫމް 04 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ މީޓިންގރޫމް 04 އަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
25 ނޮވެންބަރު 2014 (އަންގާރަ) ދުވަހުގެ 14:00 އަށް |
27 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3341436 ފޯނާ ގުޅުއްވުމުން އެދެމެވެ.
25 މުޙައްރަމް 1436