ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޯކަސް ގްރޫޕް މަޝްވަރާ ބައްދަލުވުންތަކަށް ބައިވެރިން ހޯދުން

މި އިދާރާ އަދި ސްމޯލް އައިލެންޑް ޖޯގްރަފިކް ސޮސައިޓީ ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުގެ ޑައިރެކްޓް އެއިޑް ޕްރޮގްރާމް ގެ ދަށުން ހިންގާ "ސަސްޓައިނަބަލް ލައިވްލިހުޑް އެންޑް އެކޮނޮމިކް ރިކަވަރީ ޕްލޭނިން ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްދާ އިޖްތިމާއީ އަދި އިގްތިސާދީ ބޭސްލައިން ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކުރަމަށްޓަކަށް ފޯކަސް ގްރޫޕް ޑިސްކަޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯކަސް ގްރޫޕް ޑިސްކަޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަށުގެ ޒުވާނުން (18 - 25 އަހަރާއި ދެމެދު އަންހެން އަދި ފިރިހެން ވަކިން)، އަންހެނުން، ފިރިހެނުން އަދި ދޮށީ އުމުރުގެ ބޭފުޅުންނަށް އަމާޒުކޮށްގެންނެވެ. މި ބައްދަލުވުންތަށް ފެށުމަށް ހަމަޖެހިފައިވަނީ 7 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުއެވެ. ވީމާ މި މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރުވުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވަރިކޮށް ޝައުގުވެރިކަން ފާޅުކުރެއްވުން އެދެމެވެ.  

އޮންލައުން ފޯރމް ލިންކް: https://forms.gle/uYHPTgnb9m6Ldc1m8 

05 ޑިސެންބަރު 2022
ހޯދާ