ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު (ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުން 2023
c
ކަމަދޫ ސްކޫލް
ބ.ކަމަދޫ/ދިވެހިރާއްޖެ
GS133/2022/08ނަމްބަރ:
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2023 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ.
- 2023 ޖެނުއަރީ 01 ން 2023 ޑިސެމްބަރ 31 ށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޑިސެމްބަރ 06 ން 2021 ޑިސެމްބަރ 12 ށްް ކޮންމެ ދުވަހަކު 9:00 ންް 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެމްބަރ 12 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 ޑިސެމްބަރ 13 ވާ އަންގާރަ ދުވަހުގެ 11:30 ގައި މިސްކޫލްގެ ކޮމްޕިއުޓަރ ލެބްގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2022 ޑިސެމްބަރ 18 ވާ އާދިއްތަ ދުވަހުގެ 11:30 ގައި މިސްކޫލްގެ ކޮމްޕިއުޓަރ ލެބްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި އަދި ބިޑްހުޅުވުމުގެ ބައްދަލުމުވުމަގައި ބައިވެރިވެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކަމަދޫ ސްކޫލް
ބ. ކަމަދޫ/ ދިވެހިރާއްޖެ
ފޯން: 6600015
އީ-މެއިލް: [email protected]
11 ޖުމާދަލްއޫލާ 1443
05 ޑިސެމްބަރ 2022
ޑޭވިޑް ޕީކޭ ޗާކޯ
-ޕްރިންސިޕަލް-
05 ޑިސެންބަރު 2022
ހޯދާ