މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ރިސެޕްޝަން އޭރިއަރ މަރާމާތުކުރުމާއި ގުޅޭ

ކ.ހިންމަފުށި މެޖިސްޓްރޭޓް ކޯޓު

        ކ.ހިންމަފުށި

         ދިވެހިރާއްޖެ

 

 

ނަންބަރ: H6C-A-MA/2022/02

 

އިޢުލާން

ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ރިސެޕްޝަން އޭރިއަރ މަރާމާތުކުރުމާއި ގުޅޭ

 

މިކޯޓުގެ ރިސެޕްޝަން އޭރިއަރ މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 08 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 13 ޑިސެމްބަރ 2022 (އަންގާރަ)

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު

 

05 ޑިސެންބަރު 2022
ހޯދާ