ދިވެހިރާއްޖެ
މަޤާމު: |
ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް |
|||||||||||||||||||||
މަޤާމުގެ ނަންބަރު: |
J-364601 |
|||||||||||||||||||||
ބޭނުންވާ އަދަދު: |
01 |
|||||||||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
|||||||||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ށ، ބ އަދި ގއ އަތޮޅު ޓީޗަރ ރިސޯސް ސެންޓަރުގެ ތެރެއިން ވަޒީފާ ހަމަޖެހޭ ސެންޓަރެއްގައި (ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން) |
|||||||||||||||||||||
|
|
|||||||||||||||||||||
މަޤާމުގެ ރޭންކާއި ޕަބްލިކް ސަރވިސް ރޭންކާއި މަޤާމުގެ އަސާސީ މުސާރައާއި މަގާމުގެ އެލަވަންސާއި ހާޒިރީ އިނާޔަތާއި ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ: |
|
|||||||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
(ހ) ހިންގާ ހަރަކާތްތަކާއި ގުޅޭ ރިޕޯޓެއް، އެ ހަރަކާތެއް ހިންގާ ނިމޭތާ ގިނަވެގެން 2 ހަފްތާ ތެރޭގައި އެން.އައި.އީއަށް ފޮނުވުން އަދި ރިޕޯޓްތަކާއި އެހެނިހެން ފަންނީ ލިޔެކިޔުންތައް ބެލެހެއްޓުން. (ށ) ހިންގާ ޕްރޮގްރާމްތަކުގެ ކާމިޔާބީއާއި ނާކާމިޔާބީ ފާހަގަކޮށް، ގެންނަން ފެންނަ ބަދަލުތައް ސްކޫލްތަކަށް އެންގުމާއި މިކަމާބެހޭ ރެކޯޑްތައް ބެލެހެއްޓުން (ނ) ދިރާސީ އަހަރު ނިމުމުން އަހަރުގެ މަސައްކަތްތައް ހިނގާދިޔަގޮތުގެ މައްޗަށް ބިނާކޮށް އަހަރީ ރިޕޯޓް ތައްޔާރުކޮށް އެން.އައި.އީއަށް ފޮނުވުން 11. ޓީ.އާރް.ސީގެ ވަޞީލަތްތައް ބެލެހެއްޓުން (ހ) ޓީ.އާރް.ސީ މަރާމާތު ކުރުމަށް ބޭނުންވާ ތަކެއްޗާއި ބެހޭ މަޢުލޫމާތު ސްކޫލްތަކުގެ އިސްވެރިޔާއަށް އެންގުން (ށ) ޓީ.އާރް.ސީގައި ހުންނަ ވަޞީލަތްތައް އެންމެ ފައިދާކުރަނިވިގޮތުގައި އަތޮޅުގެ ސްކޫލްތަކަށް ބޭނުންކުރެވޭނެ އުޞޫލެއް ހަމަޖައްސައިގެން މަސައްކަތް ކުރިއަށް ގެންދިއުން |
|||||||||||||||||||||
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް |
ކަރިކިއުލަމް އެންޑް އިންސްޓަރަކްޝަން، ކަރިކިޔުލަމް އެންޑް އިންސްޓްރަކްޝަނަލް ޓެކްނޯލޮޖީ، ކަރިކިއުލަމް ޑިޒައިން އެންޑް އިނޮވޭޝަން، ކަރިކިއުލަމް ސްޓަޑީޒް، ޓީޗިންގ، އެޑިޔުކޭޝަނަލް ލީޑަރޝިޕް، ލީޑަރޝިޕް އިން އެޑިޔުކޭޝަން، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިޔުކޭޝަން، ޓީޗަރ ލީޑަރޝިޕް، ޗޭންޖިންގ އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ، އިންކްލޫސިވް އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ޓްރާންސްފޯމޭޝަން، އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް، އެޑިޔުކޭޝަނަލް ސައިކޮލޮޖީ، ސްޕެޝަލް އެޑިޔުކޭޝަން. އެޑިޔުކޭޝަން ޕޮލިސީ، އެޑިޔުކޭޝަން މެނޭޖްމަންޓް، އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން، ސްކޫލް އެޑްމިނިސްޓްރޭޝަން، ސްކޫލް މެނޭޖްމަންޓް، ސްކޫލް ލީޑަރޝިޕް |
|||||||||||||||||||||
ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާއާއި |
ޕްރީ ސްކޫލެއް، ޕްރައިމަރީ ސްކޫލެއް، ސެކެންޑަރީ ސްކޫލެއް، ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލެއްގައި ކިޔަވައި ދިނުން |
|||||||||||||||||||||
މަސައްކަތު ތަޖުރިބާ |
ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ މަތީ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ ތަޢުލީމާ ގުޅޭ މަސައްކަތްތައް ކުރާ ސަރުކާރުގެ އިދާރާއެއްގެ ނުވަތަ މަތީ ތަޢުލީމާ ގުޅޭ މަސައްކަތްތައް ކުރާ ސަރުކާރުގެ އިދާރާއެއްގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް |
|||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
|||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ
|
|||||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022ވަނަ އަހަރުގެ ޑިސެމްބަރު 11ވާ އާދިއްތަ ދުވަހުގެ 12:30 ގެ ކުރިން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، ސްޓަރ ކްލައުޑްސް ބިލްޑިންގގެ 5ވަނަ ފަންގިފިލާގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ލިޔެކިޔުންތައް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. |
|||||||||||||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|||||||||||||||||||||
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ، 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 15ވަނަ ދުވަހާއި 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 20ވަނަ ދުވަހާއި ދެމެދުގައެވެ. ޕްރެކްޓިކަލް އަދި އިންޓަރވިއު ކުރިއަށް ގެންދެވޭނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު ކުރިއަށް ގެންދެވޭނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. |
|||||||||||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||||||||||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3023503 ނުވަތަ 3323242އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން https://www.csc.gov.mv/Policy/Index/86)) އިން ލިބެން ހުންނާނެއެވެ. |
11 ޖުމާދަލްއޫލާ 1444