ދިވެހިރާއްޖެ
|
އަންދާސީ ހިސާބު ބޭނުންވެއްޖެ: ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ކ. ގުޅީފަޅުގައި ޤާއިމުކުރެވިފައިވާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ކޭޓަރިންގ ޚިދުމަތް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ކޭޓަރިންގ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 04 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 11 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް، އިވެލުއޭޝަން ކްރައިޓީރިއާ، ބިޑް ސެކިއުރިޓީ އަދި ޕަރފޯމަންސް ގެރެންޓީ ފޯމެޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ. |
|||
|
|
ތާރީޚް |
ގަޑި |
ތަން |
|
މަޢުލޫމާތު ދިނުމުގެ ސެޝަން |
10 ޑިސެމްބަރ 2022 (ހޮނިހިރު) |
13:30 (މެންދުރުފަހު) |
ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ (ކ. ގުޅީފަޅު) |
|
އަންދާސީ ހިސާބު ހުށަހެޅުއްވުން |
12 ޑިސެމްބަރ 2022 (ހޮނިހިރު) |
11:00 (މެންދުރުކުރި) |
ނޭޝަނަލް ޑްރަގް އޭޖެންސީގެ މައި އޮފީސް (ސީޓްރެކް ބިލްޑިންގ / ދެވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ) |
