ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުމާލޭގައި އިމާރާތްކުރާ އޮފީސް އިމާރާތުގެ ގްރައުންޑް ފްލޯރއަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށް، ޑެލިވަރީކޮށް އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުވާލަމެވެ.
- މިމަސައްކަތުގެ ކޮންޓްރެކްޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން 20 ދުވަހުގެ ތެރޭގައި ހުޅުމާލެ އޮފީސް ބިލްޑިންގގެ ގްރައުންޑް ފްލޯރއަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށް، ޑެލިވަރީކޮށް އަދި އިންސްޓޯލްކޮށް ނިންމަންވާނެއެވެ.
- ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން 2022 ޑިސެމްބަރ 7 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
- ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 2022 ޑިސެމްބަރު 13 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އަމީނީ މަގު، މާފަންނު
ކ.މާލެ، 20392
އީމެއިލް: [email protected]