ދިވެހިރާއްޖެ
އިޢުލާން
އެމް.ޕީ ކަޕް 2022 ފުޓްބޯޅަ މުބާރާތާއި ގުޅޭ
އެމް.ޕީ ކަޕް 2022 ފުޓްބޯޅަ މުބާރާތުގައި ކިނބިދޫޓީމް މިއަހަރުވެސް ވަނީ ބައިވެރިވެފައެވެ. އަދި މިމުބާރާތުގެ ބައިވެރިވާ ކިނބިދޫ ޓީމުގެ އެންމެހައި ކަންކަން އިންތިޒާމްކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ޑިސެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ޑިސެންބަރު 13 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780031 ނަންބަރު ފޯނަށެވެ.
10ޖުމާދަލްއޫލާ 1444ހ