ދިވެހިރާއްޖެ
ކ.ހިންމަފުށި މެޖިސްޓްރޭޓް ކޯޓު
ކ.ހިންމަފުށި
ދިވެހިރާއްޖެ
ނަންބަރ: H6C-A-M/2022/01
އިޢުލާން
ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގެ އިސްޓޭޖާއި ބިއްގަނޑު (ބެކް ޕެނެލް) ހެދުމާ ގުޅޭ
މިކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގެ އިސްޓޭޖާއި ބިއްގަނޑު (ބެކް ޕެނެލް) ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 07 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 12 ޑިސެމްބަރ 2022 (ހޯމަ)
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:30
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު
4 ޑިސެމްބަރ 2022