ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2023 ވަނަ އަހަރުގެ ޖެނުއަރީ 01 ން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2022 ޑިސެމްބަރ 11 ވަނަ ދުވަހުގެ 12:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓަރ ކުރެއްވުން އެދެމެވެ.  ބީލަމުގައި ރެޖިސްޓަރ ކުރައްވާ ފަރާތްތަކަށް ބީލަން ފޮތް އަދި ބީލަމާގުޅޭ ލިޔެކިޔުންތައް މެއިލްކޮށްދެވޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

ބީލަމުގައި ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަ ދަންނަވަމެވެ. (ބީލަމުގައި ރެޖިސްޓަރ ވާން ޖެހޭ ފޯމުގެ ލިންކް: https://forms.gle/5cBiPQmpaR7g7a1w6

 

މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެމްބަރ 13 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ސުވާލުތައް ފޮނުއްވުންއެދެމެވެ. އީމެއިލް އަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ. މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

 

ބިޑު ހުށަހެޅުމާއި ބިޑުހުޅުވުން އޮންނާނީ 2022 ޑިސެމްބަރ 19 ވާ ހޯމަ ދުވަހުގެ 10:00 ގައި ނޮޅިވަރަމު ސްކޫލްގެ ލައިބްރަރީ ގައެވެ.

 

ބީލަމާގުޅޭ މަޢުލޫމާތުތައް، ބީލަމުގައި ރަޖިސްޓަރ ކުރައްވާ ފަރާތްތަކުގެ އީމެއިލް އަށް ފޮނުވައިދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޮޅިވަރަމު ސްކޫލް

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520555

އީ-މެއިލް: [email protected]

04 ޑިސެންބަރު 2022
ހޯދާ