ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު: (IUL)356/356/2022/64 ( 26 އޮކްޓޯބަރ 2022 ) އިޢުލާނާއި ގުޅިގެން ހުށައެޅި އަންދާސީހިސާބު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އަންދާސީ ހިސާބުތައް ބާތިލްކޮށް އަލުން އިޖުތިމާޢީ މަރުކަޒުގެ ބައެއްމަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ އެވެ. މަތީގައި ދެންނެވިފައިވާ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2022 ޑިސެމްބަރ 05 ން 2022 ޑިސެމްބަރ 13 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/750 ރ ( ހަތްސަތޭކަ ފަންސާސް ރުފިޔާ ) އެވެ. ބިޑް ހުށަހަޅުއްވާނީ 2022 ޑިސެމްބަރ 13 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2022 ޑިސެމްބަރ 08 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް އދ.މާމިގިލީ އިޖުތިމާޢީމަރުކަޒަށް ވަޑައިގަތުމަށް ދަޢުވަތުއަރުވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ .
10 ޖުމާދަލްއޫލާ 1443
04 ޑިސެމްބަރ 2022