މާވަށު ސްކޫލް
ދިވެހިރާއްޖެ
2023 ވަނަ އަހަރު މާވަށު ސްކޫލުން އުކާލަންޖެހޭ ކުނި އުކާލުން

ތާރީޚް: 04 ޑިސެމްބަރ 2022މ.                               ނަންބަރު:GS-49/IU/2022/21

 

އިޢުލާން

މާވަށުސްކޫލުން އުކާލަންޖެހޭ ކުނި އުކާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

            01 ޖެނުއަރީ 2023ން 31 ޑިސެމްބަރ 2023ށް މި ސްކޫލުން އުކާލަންޖެހޭ ކުނި އުކާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 ޑިސެމްބަރ 2022 އިން 12 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު 7:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މިބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 13 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިސްކޫލުގެ  ނަންބަރ 6800010 އަށް ގުޅައި ސާފްކުރަންވާނެއެވެ.

ބިޑް ހުޅުވުން އޮންނާނީ 15 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހު 10:00 ގައި މާވަށު ސްކޫލުގައެވެ.

މި އިޢުލާނާއެކު މަޢުލޫމާތު ޝީޓާއި އަގު ހުށައަޅާ ފޯމް އެޓޭޗް ކުރެވިފައި ވާނެއެވެ.

04 ޑިސެންބަރު 2022
ހޯދާ