ދިވެހިރާއްޖެ
މަޤާމު |
ވޮޗަރ |
ގިންތި: ދާއިމީ |
ރޭންކް: އެސް.އެސް 1 |
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
|
އަދަދު |
01 |
||||
މަސައްކަތްކުރަންޖެހޭ ތަން |
ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓު، ހޯނޑެއްދޫ/ދިވެހިރާއްޖެ |
||||
އަސާސީ މުސާރަ |
-/3100 ރުފިޔާ |
||||
މިމަޤާމަށް ލިބޭ އެލަވަންސް |
މުސާރައިގެ އިތުރުން ސާރވިސް އެލަވަންސް -/1000 (އެއްހާސް ރުފިޔާ) އަދި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20، އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
||||
އަސާސީ ޝަރުޠު |
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން އެނގުން، (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ ގްރޭޑް 5 ނިންމާފައިވާ ކަމުގެ ލިޔުމުން ނުވަތަ ކޯޓު ނުވަތަ އިދާރާއިން ޓެސްޓެއް ދީގެންނެވެ.) ނުވަތަ 2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކާ އެއްފެންވަރުގެ މަޤާމެއްގައި ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 3- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކުގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން. |
||||
މަޤާމުގެ މަސްއޫލިއްޔަތުތައް |
1- ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓުގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުން 2- ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓުގެ ދިދަނަގައި ތިރިކުރުން 3- ކޯޓުން ކުރަންޖެހޭ މަސައްކަތާއި ގުޅިގެން ކުރުމަށް ޙަވާލުކުރާ މަސައްކަތްތައް ކުރުން |
||||
ހުށަހަޅަންޖެހޭ ތަކެތި |
1- ކުރިމަތިލާ ފަރާތުގެ ވަނަވަރު 2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) ވަޒީފާ އަދާކުރި ނުވަތަ އަދާކުރަމުންދާ ލިޔުމުގައި މަޤާމުގައި ވީދުވަހާއި، މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. |
||||
ސުންގަޑި |
މިމަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މިކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
||||
އިތުރު މަޢުލޫމާތު |
މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ފޯމު މިކޯޓުން ލިބެން ހުންނާނެއެވެ. |