ދިވެހިރާއްޖެ
ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން މި ސްކޫލުން ކުރި ނަންބަރު: (IUL)GS80/2022/25 އިޢުލާނަށް މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އަލުން އަމިއްލަ ތަކެތީގައި އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.
# |
މަސައްކަތުގެ ތަފްސީލް |
1 |
ބްލޮކް A، ބްލޮކް B އަދި ބްލޮކް C ގެ ކްލާސްރޫމްތަކުގެ ބޮޑުދޮރުތަކުގެ ތަޅު ބަދަލުކުރުން |
2 |
ކްލާސްރޫމް E2 ގެ ބޮޑުދޮރު ކަނި ބަދަލުކުރުން |
3 |
ބްލޮކް D އަދި ބްލޮކް E ގެ ކްލާސްރޫމްތަކުގެ ކުޑަދޮރު އަތްގަނޑުތައް ބަދަލުކުރުން |
4 |
ފެންއިސްކުރު ބަރީގެ ފެން އިސްކުރުތައް ބަދަލުކުރުން |
1. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2022 ޑިސެންބަރު 06 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އުލިގަމު ސްކޫލަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލުން ހުށަހަޅުއްވާނަމަ [email protected] އަށް އަގު ހުށަހަޅާ ފޯމް ފޮނުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.
2. މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، އަގު ހުށަހަޅާ ފޯމް ރަސްމީ ގަޑީގައި ސްކޫލް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމު ފޮނުވައިދެވޭނެއެވެ.
3. މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެންބަރު 05 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އުލިގަމު ސްކޫލުގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ފޯނުން ގުޅުއްވާނަމަ 6500548 ނަންބަރާ ގުޅުއްވުން އެދެމެވެ.