ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓުން ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭނިންގ ޕްރޮގްރާމްގައި ބޭނުންކުރުމަށް ދުވަހު ކުއްޔަށް ކާރު ހިފުމާއި ގުޅޭ(.)

އިޢުލާން

މިކޯޓުން ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭނިންގ ޕްރޮގްރާމްގައި ބޭނުންކުރުމަށް ދުވަހު ކުއްޔަށް ކާރު ހިފުމާއި ގުޅޭ(.)

    މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް 04 ދުވަހުގެ މުއްދަތަށް 03 ކާރު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

  1. މިކަމާއިބެހޭ މަޢުލޫމާތު ޝީޓް މިއިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، ރަސްމީ ގަޑީގައި މިކޯޓުގެ ފޯން ނަންބަރު 6841601 އަށް ގުޅުއްވައި މަޢުލޫމާތު ސާފްކުރުއްވުންއެދެމެވެ.
  2. މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޑިސެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން މިކޯޓުގެ ކައުންޓަރަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

މިކޯޓުން ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭނިންގ ޕްރޮގްރާމަށް 04 ދުވަހުގެ މުއްދަތަށް ކާރުގެ ޚިދުމަތް (ޑްރައިވަރާއި އެކު) ހޯދުމަށް ދެވޭ މަޢުލޫމާތު

  1.  ޚިދުމަތް ބޭނުންވާ މުއްދަތު: 17 ޑިސެމްބަރ 2022 ން 20 ޑިސެމްބަރ 2022 އަށް (04 ދުވަސް)
  2.  ބޭނުންވާ ޢަދަދު: 03 ކާރު (ކާރު ބޭނުންވާ އަދަދުގެ ގޮތުގައި 03 ކާރު އޮތް ނަމަވެސް ވަކިވަކި (އެކެއް) ކާރު ކުއްޔަށް ދިނުމަށް ހުށަހެޅިދާނެއެވެ.)
  3.  ކާރު ދުއްވަން އިންނަ މީހަކީ އެ ދުއްވާ ވެހިކަލު ކެޓަގަރީގެ ލައިސަންސް ހުއްދަ އޮތް އަޚުލާގު ރަނގަޅު މީހަކަށް ވާންޖެހޭނެއެވެ.
  4. ކާރުގެ ދަތުރުތަކަށް އަގު ހުށަހަޅާނީ ދުވަހަކަށް ކުއްޔަށް ދެވޭ ރޭޓް އެގޭނެ ގޮތަށް ޖުމްލަ 04 ދުވަހުގެ އަގެވެ.
  5.  ކާރަށް މުދާ އަރުވާ ބޭލުމުގައި އެ އުޅަނދެއް ދުއްވާ ޑްރައިވަރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭންވާނެއެވެ.
  6. ކާރު ކުއްޔަށް ހިފާފައިވާ ދުވަސްތަކުގައި ޑްރައިވަރުގެ އިސްނެގުމާއި އެހީތެރިކަން ލިބެންވާނެއެވެ.
  7.  ކާރު ކުއްޔަށް ދިނުމަށް ހުށަހަޅާ ކޯޓޭޝަންގައިވާ އަގުގެ އިތުރަށް ދަތުރުކުރާ އަގުގެ ގޮތުގައި އެހެން އަގެއް ނުނެގޭނެއެވެ.
  8. ކާރު ދަތުރު ކުރަން ބޭނުންވެގެން ގުޅާލުމުން، ވަގުތުން އެ ޚިދުމަތް ހޯދަން ބޭނުންވާ ތަނަށް އާދެވޭނެ ގޮތަށް ކައިރި ހިސާބެއްގައި ކާރު މަޑުކުރަންވާނެއެވެ.
  9. ކުއްޔަށް ދެވޭ ކާރަކީ ވަރަށް ރަނގަޅު ފެންވަރުގެ ފުލް އޭސީ ކާރަކަށް ވާންނާވެއެވެ.
  10.  ކާރު ކުއްޔަށް ދެވިފައިވާ މުއްދަތުގައި ކާރުގެ އެތެރެއާއި ބޭރު ސާފުކޮށް ބާއްވަންވާނެއެވެ.
  11. ކާރުގެ ޑުރައިވަރަކީ އެއްވެސްކަހަލަ ކުށެއްގެ ރެކޯޑެއް އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
  12. ހުށަހަޅަންޖެހޭ ތަކެތި:
  • ކޯޓޭޝަން
  • ޑްރައިވަރުގެ ޑްރައިވިންގ ލައިސަންސް އާއި އައިޑީކާރޑުގެ ކޮޕީ
  • ޑްރައިވަރުގެ ޕޮލިސް ކްލިއަރެންސް ރިޕޯޓް
  • ކާރުގެ އަހަރީ ފީ، އިންޝިއުރެންސް، އަދި ރޯޑްވާދިނަސް ސްޓިކާތަކުގެ ކޮޕީ
  • ކާރުގެ ރަޖިސްޓްރީ ކޮޕީ
  • ވެރިފަރާތުގެ އައިޑީ ކާރޑުގެ ކޮޕީ
  • ވެރިފަރާތް އަދި ޑްރައިވަރަށް ގުޅޭނެ ފޯން ނަންބަރު ކޯޓޭޝަންގައި ހިމަނަވާނެއެވެ.
  • ކާރުގެ ބޭރާއި އެތެރޭގެ ފޮޓޯތައް.
    • ކޯޓޭޝަން ހުށަހަޅާ ފަރާތަކީ މިކޯޓުގެ އެއްވެސް މުވައްޒަފަކާ ތިމާގެ ކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ފަރާތެއް އޮތްކަން ނުވަނަ ނޫންކަން އެގޭނެ ލިޔުން.
  1. ފަރާތެއް ކަނޑައެޅުމުގައިޕޮއިންޓްދެވޭނެގޮތް:
  • ހުށަހަޅާ އަގު: 60 ޕޮއިންޓް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • ކާރުގެ ފެންވަރު: 40 ޕޮއިންޓް (ކާރުގެ ރީތިކަމާއި ފެންވަރު އަދި ސާފްތާހިރުކަމަށް ބެލުމަށްފަހު، އެންމެ ރަނގަޅު ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
02 ޑިސެންބަރު 2022
ހޯދާ