މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި މ.މުލިން ބަންޑާރަ ގޯތި ދޫކުރުން

އިޢުލާން

މ.މުލިން ގޯތި ދޫކުރުން:

މ. މުލިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަށުގެ ޗާޓުގައި ފާހަގަކޮށްފައިވާ މ.މުލީ ގަބުރުސްތާނުގެ ދެކުނުން 05 ގޯއްޗާއި ރަށުގެ އިރުވައިފަރާތު ބިމުން 130 ގޯއްޗާއިއެކު މުޅި ޖުމްލަ 2000 އަކަފޫޓްގެ 135 ގޯއްޗެވެ.

 ''މ.މުލިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2022'' ގެ ދަށުން ދޫކުރެވޭ ގޯތި ތަކުގެ ތެރެއިން 125 (ސަތޭކަ ފަންސަވީސް) ގޯތި ހާއްސަ ކުރެވެނީ މުލީގެ ރައްޔިތުން/މުލީގައި ދިރިއުޅޭ ރައްޔިތުންނަށެވެ (ކެޓަގަރީ A). އަދި 10 (ދިހައެއް) ގޯތި މ.މުލީގެ އާބާދީ އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން މ.މުއްޔަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާނެއެވެ (ކެޓަގަރީ B).

ވީމާ، މ. މުލިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކުން ''މ.މުލިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު'' ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުސަތު، ޝައުގުވެރިކަން ހުރި އެންމެހާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ. މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

ފޯމު ދޫކުރުން :    -  2022 ޑިސެމްބަރު 04 ވަނަ ދުވަހުން ފެށިގެން 2023 ޖެނުއަރީ 12 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 ން 14:00 އަށް ކައުންސިލްގެ އިދާރާއިން.

              -  ސަރުކާރުގެ ގެޒެޓުންވެސް ފޯމު ޑައުންލޯޑު ކުރެވޭނެ.

 

ފޯމު ބަލައިގަތުން :   -  ފޯމު ބަލައިގަތުން އޮންނާނީ 2022 ޑިސެމްބަރު 04 ވަނަ ދުވަހުން ފެށިގެން 2023 ޖެނުއަރީ 12 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 ން 14:00 އަށް ކައުންސިލްގެ އިދާރާއިން.   

 

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އެއީ:

  •  ގޯއްޗަށް އެދި ހުށަހަޅާ ފޯމް -  ކެޓަގަރީ A އަދި ކެޓަގަރީ B
  •  މ.މުލިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު – 2022
  •  ގޯތި ދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓު
  •  ލިބިފައިވާ އަދި ލިބެން އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  •  ރަޖިސްޓްރީގައި ޖެހުމަށް ވެވޭ އިޤްރާރު (ކެޓަގަރީ B)

 

        ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޑިސެންބަރު 2022
ހޯދާ