ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 2022 ވަނަ އަހަރު ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޙިދުމަތްތަކުގެ ބިލްތައް 15 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހެޅުއްވުމަށް ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.
ބިލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 ން ފެށިގެން މެންދުރުފަހު 13:30 ގެ ނިޔަލަށް މިމިނިސްޓްރީގެ ކައުންޓަރުންނެވެ. އަދި އީމެއިލް މެދުވެރިކޮށް ބިލްތައް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 15 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected] ނުވަތަ Bid.secretariats@planning.gov.mv
15 ޑިސެމްބަރ 2022 ފަހުން ލިބޭ ބިލްތަކަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ކޮންމެ އަހަރަކަށް ބަޖެޓް ހަމަޖެހިފައިވަނީ އެއަހަރެއްގެ ޚަރަދުތަކަށް ކަމަށްވާތީވެ، މި އަހަރުގައި ކުރުމަށް ހަމަޖެހިފައިވާ ޚަރަދެއް މި ފެށޭ އަހަރު ކުރަން ޖެހިއްޖެނަމަ އެކަން ކުރެވެން އަންނަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ޙާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވާތީއެވެ.
އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.