ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާ ހަމަޖެއްސުން އިދާރާތަކަށް ދޫކޮށްލުން

 ކޮމިޝަނުގެ ނަންބަރު 5/2017 (17 މޭ 2017) ސަރކިއުލަރއާ ގުޅިގެން ވަޒީފާއާ ގުޅޭ މަސައްކަތްތައް ސީދާ ކޮމިޝަނުން އެޕްރޫވްކުރާގޮތަށް ހަމަޖެހިފައި އޮތްއޮތުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އިދާރާތަކަށް ދޫކޮށްލުމުގެ މަސައްކަތް ކޮމިޝަނުން ވަނީ ފަށާފައެވެ. މި ގޮތުން ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާގައި ވަގުތީގޮތުން ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މުވައްޒަފުންގެ ކޮންޓްރެކްޓް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، އުޞޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް "ސީ.އެސް.ވިއުގަ" އިން އަދާހަމަކުރުމުގެ މަސައްކަތް 2022 ޑިސެންބަރު 1 ވަނަ ދުވަހުން ފެށިގެން އިދާރާތަކުން ކުރާގޮތަށް ކޮމިޝަނުން ހަމަޖައްސާފައިވާ ކަމުގައި ދެންނެވީމެވެ.

މި ނިންމުމާ ގުޅިގެން، 2022 ޑިސެންބަރު 1 ވަނަ ދުވަހުން ފެށިގެން ކޮންޓްރެކްޓް އައު ކުރާ ރިކުއެސްޓްތަކާއި، އަލަށް ކޮންޓްރެކްޓްކުރާ ހުރިހާ ރިކުއެސްޓެއް އެޕްރޫވްކުރާނީ އެ އިދާރާއަކުން ނުވަތަ މަސްއޫލު އޮފީހެއްގެ ދަށުގައި ހުރި އިދާރާއެއް ނަމަ، މަސްއޫލު އޮފީހުން ކަނޑައަޅާގޮތެއްގެ މަތިން ކަމުގައި ދެންނެވީމެވެ. 

01 ޑިސެންބަރު 2022
ހޯދާ