ދިވެހިރާއްޖެ
2014 ނޮވެންބަރު 2 ގައި ގެޒެޓްކޮށްފައިވާ، ގއ.ކޮނޑޭ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެވުނު ބަދަލުތައް ގެޒެޓުކޮށްފީމެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުގެ ވެބްސައިޓް (http://www.gazette.gov.mv) ގައްޔާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައްޔާއި ގއ. ކޮނޑޭ ކައުންސިލްގެ އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.
ގެޒެޓް ކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ، 2014 ނޮވެންބަރު 17 އިން 2014 ނޮވެންބަރު 25 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ހަވީރު 3:00 އަށެވެ. ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާބެހޭ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި ގއ. ކޮނޑޭ ކައުންސިލްގެ އިދާރާއިންނެވެ. ރަޖިސްޓަރީއާބެހޭ ޝަކުވާ ހުށަހަޅާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
24 މުޙައްރަމް 1436