މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
MCAR-66 މޮޑިއުލް އިމްތިޙާނު ބޭއްވުން

މިއޮތޯރިޓީގެ ނަންބަރު (IUL)201-A/1/2014/24 ގެ އިޢުލާނުގައިވާ MCAR-66 މޮޑިއުލް އިމްތިޙާން ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ މުއްދަތު 2014 ނޮވެންބަރު 25ގެ ނިޔަލަށް އިތުރުކުރެވިފައިވާކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

ވީމާ، އިމްތިޙާނުތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއޮތޯރިޓީގެ "CAA Form 19E" ފުރިހަމަކުރެއްވުމަށްފަހު، ބައިވެރިވާން ބޭނުންވާ މޮޑިއުލް އިމްތިޙާނުތަކަށް ދައްކަވަންޖެހޭ ފީއާއި އައިޑެންޓިޓީ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީއާކު ހުށަހެޅުއްވުން އެދެމެވެ. އިމްތިޙާނަށް އެދޭ ފޯމު ބަލައިގަންނާނީ 2014 ނޮވެންބަރު 25 ގެ ނިޔަލަށް، އޮތޯރިޓީ ބަންދު ނޫން ކޮންމެ ދުވަހަކު 1400 ން ފެށިގެން 1600 އަށެވެ. މި އިމްތިޙާނުގެ މޮޑިއުލްއަކަށް ދައްކަންޖެހޭ ފީ އަކީ 150 ޔޫ.އެސް ޑޮލަރެވެ.

އޮތޯރިޓީގެ ފަރާތުން އިންތިޒާމުކުރާ މި އިމްތިޙާނުތައް ބާއްވައިދެނީ ސްވިޒަލެންޑުގެ އެސް.އާރު. ޓެކްނިކްސް (SR Technics) އިން، އެފަރާތަށް ލިބިފައިވާ EASA Part-147 އެޕްރޫވަލް CH.147.0009 ގެ ދަށުންނެވެ. އިމްތިޙާނުތަކާބެހޭ އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓް www.caa.gov.mv ންނާއި 3324988 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

20 ނޮވެންބަރު 2014
ހޯދާ