ދިވެހިރާއްޖެ
މިއޮފީހުގެ ނަންބަރު 1/2014/42/IUL)196-C)ފ(28 ސެޕްޓެންބަރު 2014) އިޢުލާނަށް ޝަރުޠު ފުރިހަމަވާ ކުދިން ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަޤާމަށް އިޢުލާނު ކުރަމެވެ.
މަޤާމު: އެސިސްޓެންޓް ކޭސް އޮފިސަރ (ގްރޭޑް 1)
ބޭނުންވާ އަދަދު: 01 (އެކެއް)
މުސާރަ: -/6185 ރުފިޔާ
ލިވިންގ އެލަވަންސް: -/2000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ގއ. އަތޮޅު ގޮފި
އިތުރު އެލަވަންސް: މިމަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 10 އާއި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު: މިއޮފީހަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
ފެންވަރު ނުވަތަ ޝަރުޠު: ލަންޑަން ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 25 ނޮވެންބަރު 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުން އެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީ ވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު 3000644، އީމެއިލް [email protected])
24 މުޙައްރަމް 1436