ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޕްރޮގްރާމް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް. 2
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ
|
-/6,295 ރުފިޔާ
-/2,000 ރުފިޔާ
މުސާރައިގެ %35
( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )
|
ވަޒީފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން
|
ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އިކޮނޮމިކްސް ނުވަތަ އެންވަޔަރަންމަންޓަލް އިކޮނޮމިކްސްގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިކޮނޮމިކްސް ނުވަތަ އެންވަޔަރަންމަންޓަލް އިކޮނޮމިކްސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އިކޮނޮމިކްސް ނުވަތަ އެންވަޔަރަންމަންޓަލް އިކޮނޮމިކްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިކޮނޮމިކްސް ނުވަތަ އެންވަޔަރަންމަންޓަލް އިކޮނޮމިކްސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އިކޮނޮމިކްސް ނުވަތަ އެންވަޔަރަންމަންޓަލް އިކޮނޮމިކްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
- އިކޮނޮމިކްސް ނުވަތަ އެންވަޔަރަންމަންޓަލް އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ދުނިޔޭގެ އިޤްތިޞާދަށާއި ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ހުރި ގުޅުމުގެ މައްޗަށް ބަލައި ކަމާބެހޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމުގައި އެހީތެރިކަން ދިނުން؛
- މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އަދި މިބަދަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެކުލަވާލެވޭ ސިޔާސަތުތަކާއި، ސްޓްރެޓަޖީތަކާއި، ޕްރޮގްރާމްތަކާއި އަދި މަޝްރޫޢުތަކުގައި "އިކޮނޮމިކް އިމްޕެކްޓްސް" ހިމަނައި، އެފަދަ އަސަރުތައް ވަޒަންކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
- ދުނިޔޭގެ ފެންވަރުގައި ހިންގޭ ކާބަން މާކެޓްތައް (މިސާލަކަށް: އީ.ޔޫ އެމިޝަން ޓްރޭޑިންގ ސްކީމް، ޗައިނީސް ނެޝަނަލް ކާރބަން ޓްރޭޑިންގް ސްކީމް) އާބެހޭ މަޢުލޫމާތު އެއްކުރުމާއި، ކާރަބަން މާރކެޓްތަކެއް ކުދި ޖަޒީރާ ޤައުމުތަކުގައި ހިންގިދާނެތޯ ބެލުމާއި، އަދި މިފަދަ މާކެޓަކުން އިޤްތިސާދީގޮތުން ކޮށްފާނެ އަސަރާބެހޭ މަޢުލޫމާތު އެއްކުރުމުގައި އެހީތެރިވެދިނުން؛
- މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށް އެކިފެންވަރުގައި ހިންގޭ ޕްރޮގްރާމްތައް ހިންގުމުގައި "މާކެޓް މެކޭނިޒަމް" ގެ ބޭނުން ހިފުމަށް ބާރުއެޅުމުގެ ގޮތުން، މީގެ ތެރެއިން ރާއްޖެއަށް އެކަށީގެންވާ ނިޒާމުތައް ތަޢާރުފު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
- ބައިނަލްއަޤްވާމީ ފެންވަރުގައި ބޭނުން ކުރެވެމުންދާ އެކި ކަހަލަ އެންވަޔަރަންމެންޓަލް ޓެކުސް، ނުވަތަ ކާބަންޓެކުސް އާބެހޭ މަޢުލޫމާތު އެއްކޮށް، މިފަދަ "ޓެކްސް ރެޖީމް" ތައް ދިރާސާކޮށް، މީގެ ތެރެއިން ރާއްޖޭގައި ހިންގިދާނެ ނުވަތަ ކުރެވިދާނެ ކަންތައްތައް ބެލުމުގައި އެހީތެރިވެދިނުން؛
- ކާރބަން މަދު އިޤްތިޞާދަކަށް މަގުފަހިކުރުމަށް ހިންގޭ ޕްރޮގްރާމްތަކާއި، މަޝްރޫޢުތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
- މަސައްކަތާ ގުޅުންހުރި ދާއިރާތަކުން، ރާއްޖޭގެ އެތެރެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ބައްދަލުވުންތަކާއި، ޖަލްސާތަކުގައި ބައިވެރިވެ މިކަމުގައި މިނިސްޓްރީގެ ސިޔާސަތު ހާމަކުރުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މޫސުމަށް އަންނަ ބަދަލުތަކާއި ނުވަތަ މި ދާއިރާއާ ގުޅުންހުރި މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
- ތިމާވެށްޓާއި ހަކަތައާ ގުޅޭ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.
- މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތާކާއި މި ދާއިރާގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.
- ދިވެހިރާއްޖޭގެ ތިމާވެށްޓާއި އޭގެ ނާޒުކުކަމާ ބެހޭގޮތުން މަޢުލޫމާތު ލިބިފައިވާ މިންވަރު.
- ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުޢާހަދާތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
- އިންޓަރވިއު އާއި އިމްތިޙާނު ކުރުން 07 ޑިސެންބަރު 2014 އާއި 31 ޑިސެންބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
27 މުޙައްރަމް 1436
|