މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްމާދޫގައި ތަރައްގީކުރެވޭ އައުޓްޑޯ ވޮލީކޯޓްގެ ވަށާފާރު މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ރަސްމާދޫގައި ތަރައްގީކުރެވޭ އައުޓްޑޯ ވޮލީކޯޓްގެ ވަށާފާރު މަސައްކަތް ކުރުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޑިސެންބަރު 01 އިން 2022 ޑިސެންބަރު 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެންބަރު 14 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ 11:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.
  5. ބިޑް ހުޅުވުން އޮންނާނީ 2022 ޑިސެންބަރު 18 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ރަސްމާދޫ ކައުންސިލް އިދާރާ

ރ.ރަސްމާދޫ، ދިވެހިރާއްޖެ.

ފޯން:  6580049

އީ-މެއިލް: [email protected]

30 ނޮވެންބަރު 2022
ހޯދާ