ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު ފުޓްސަލް މުބާރާތް - 2022 ބައިވެރިވުމާބެހޭ

 

          މި އަތޮޅުގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ތިލައުތުރު ފުޓްސަލް މުބާރާތް - 2022" ނަމުގައި ފުޓްސަލް މުބާރާތެއް މި ކައުންސިލާއި އުތީމު ކައުންސިލް ގެ އެހީތެރިކަމާއެކު  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

          މި މުބާރާތުގައި ކޮންމެ ރަށަކުންވެސް ބައިވެރި ވެވޭނީ، އެރަށެއްގެ މުއައްސަސާއެއް ނުވަތަ މުއައްސަސާތަކުން ތަމްޘީލުކުރާ އެއް ޓީމަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2023 ޖެނުއަރީ  20 ވާ ހުކުރު ދުވަހުއެވެ.  

          މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު، 2022 ޑިސެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected]  އަށް  ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  އަދި ޓީމްގައި ހިމެނޭ ކުޅުންތެރިން ރަށު ކައުންސިލް އިދާރާއިން ވެރިފައި ކުރުމަށްފަހު، ކުޅުންތެރިންގެ ލިސްޓް 2022 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ޑިޕޮޒިޓު ފައިސާ އާއެކު ކުޅުންތެރިންގެ ލިސްޓް މަތީގައި ދެންނެވިފައިވާ އީ-މެއިލަށް ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

          އަދި މި އިދާރާގެ ނަންބަރު: (17/11/2022) (IUL)225-AHRI/225/2022/47 އިޢުލާން ބާޠިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ނޮވެންބަރު 2022
ހޯދާ