މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސަޕޯޓް ޕީޕަލްސް ލައިވްލިހުޑްސް އިން ދަ ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ ޕްރޮޖެކްޓްގެ ދަށުން މަސްދޯނިފަހަރުގައި ރެފްރިޖެރޭޓަޑް ސީ-ވޯޓަރ (އާރް.އެސް.ޑަބްލިޔު) ސިސްޓަމް ގާއިމްކުރުމަށް ވެންޑަރުން ލިސްޓްކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުން.

މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުން އަދި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ މަޤްޞަދުގައި މަސްވެރި އުޅަނދުތަކުގައި ރެފްރިޖެރޭޓަޑް ސީ-ވޯޓަރ (އާރް.އެސް.ޑަބްލިޔު) ސިސްޓަމް ނުވަތަ ވަތުގައި ފެންފިނިކުރާ ނިޒާމު ގާއިމްކުރުމަށް ހިންގާ ޕްރޮގްރާމުގައި މަސްވެރި އުޅަނދުތަކުގައި އާރް.އެސް.ޑަބްލިޔު ގާއިމްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތައްކުން ކުރިމަތި ލުމަށް ހުޅުވާލައި މިމިނިސްޓްރީން ކޮށްފައިވާ އިޢުލާން ނަމްބަރު: (IUL)30-D/30/2022/334 ގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު 08 ޑިސެމްބަރު 2022 ވާ ބުރާސްފަތި ދުވަހު 13:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމުގައި ދެންނެވީމެވެ.

ވީމާ، އިސްވެދެންނެވުނު އިޢުލާނުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން 08 ޑިސެމްބަރު 2022 ވާ ބުރާސްފަތި ދުވަހު 13:00އަށް މިމިނިސްޓްރީއަށް ހާޒިރުވެ އެފަރާތްތަކުގެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

29 ނޮވެންބަރު 2022
ހޯދާ