ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދަރިވަރުންގެ ވާރކިންގ ޔުނީފޯމު ތައްޔާރުކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މިމަރުކަޒުގެ ދަރިވަރުންގެ ވާރކިންގ ޔުނީފޯމު މިމަރުކަޒުން ދޭ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިމަރުކަޒުގެ ނަންބަރު: GS26/2014/34ފ(26 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

މަސައްކަތް ހަވާލުކުރާ ފަރާތް ކަނޑައެޅުމަށް ޕޮއިންޓްދޭގޮތް:

މަސައްކަތުގެ އަގު:   %80

މުއްދަތު:       % 15

ތަޖުރިބާ:        %5

 

24 މުޙައްރަމް 1436

17 ނޮވެންބަރު 2014
ހޯދާ