ދިވެހިރާއްޖެ
މި ސެންޓަރުގެ ނަންބަރު (IUL)479-PR/479/2022/09 (15 ނޮވެންބަރު 2022) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތައް އެކަށީގެންވާވަރަށް ތަރުހީބު ލިބިފައިނުވާތީ، އާބިޓްރޭޝަނުގެ ބިލު އަދި މީޑިއޭޝަނުގެ ބިލު އެކުލަވާލަން ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއްޖެ.
މި މަސައްކަތާއި ގުޅޭ "މަޢުލޫމާތު ކަރުދާސް" މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް ކުރައްވާނީ 2022 ޑިސެންބަރު 06 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އީމެއިލް އެޑްރެހަށެވެ.
ބީލަން ހުށަހެޅުން |
ތަން: މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ ގަޑި: 2022 ޑިސެންބަރު 07 ވާ ބުދަ ދުވަހު ހެނދުނު 10:00 އަށް ނޯޓު: ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ދުވަސް އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |
ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
05 ޖުމާދަލްއޫލާ 1444