ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ފަރާތުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމާ ގުޅޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ފަރާތުން 1 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހު ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މިޓްރެއިނިންގ ޕްރޮގްރާމްގެ ތެރެއިން ވިޔަފާރި ޚިޔާލު ބައްޓަންކޮށް ވިޔަފާރި ޕްލޭންއެއް ހަދާނެ ގޮތާއި ވިޔަފާރި ފަށަން ގަސްދުކުރާ ފަރާތްތަކަށް މިނިސްޓްރީއާއި މިނިސްޓްރީއާ ގުޅުންހުރި އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ދެވޭނެއެވެ. މީގެ އިތުރުން، މިނިސްޓްރީން ކުރިއަށްގެންދާ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމަށް އެދި އެޕްލިކޭޝަން ހުށައެޅުމަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކްގައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ.

ލިންކް: https://forms.office.com/r/3Mgjjb4XSp

29 ނޮވެންބަރު 2022
ހޯދާ