ދިވެހިރާއްޖެ
ކުޑަކުދިންގެ ވޯރޑް ހެދުން
މިހޮސްޕިޓަލުން ދޭ މަޢްލޫމާތާއި ކުރެހުމާއި އެއްގޮތަށް . މިހޮސްޕިޓަލްގެ 2 ވަނަ ފަންގިފިލާގެ ވޯރޑްގައި އެލްމެނިއަމް ޕާރޓިޝަން ޖަހާ އެއަރކޯން ކުރުމަށް ބޭނުންވެއެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަވްޤުވެރިވާ ފަރާތްތަކުން 29 ނޮވެންބަރު 2022 ވާ އަންގާރަ ދުވަހުން ފެށިގެން 07 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓަރީ ކުރުމަށްޓަކައި ، މިއިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓަރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލްގެ މެއިލް [email protected] އަށް ، އީ މެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މައްލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން ހުށަހަޅާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 ޑިސެންބަރު 2022 ވާ ހޯމަ ދުވަހުގެ 10:00 ގައި ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 08 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6620150 އަށް ގުޅުއްވުން އެދެމެވެ.