މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްސަޢާދާގެ ފެންޑާގެ ތަށިމުށި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

      (IUL)321-A/321/2022/211 :ނަންބަރު   

އިޢުލާން

މަސްޖިދުއްސަޢާދާގެ ފެންޑާގެ ތަށިމުށި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

                    މިރަށު މަސްޖިދުއް ސަޢާދާގެ ފެންޑާގައި ޖަހާފައިހުރި ތަށިމުށިތައް ނައްޓާ އައު މުށި ޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ އަގުބަލާ ފޯމް ނެންގެވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ.

އަގުބަލާ ފޯމްތައް ބަލައިގަތުމަށާއި ހުޅުވުމަށް

ހަމަޖެހިފައިވާ ތާރީޚާ, ގަޑިއާއި ތަން:

2022 ޑިސެމްބަރ 01 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ތުޅާދޫ ކައުންސިލްގެ އިދާރާގައި

 

ހުށަހަޅާ ފޯމްތަކަށް މާރކްސް ދިނުމުގައި ބަލާނެ މިންގަނޑު

އަގު

90%

މުއްދަތު

10%

 

އިތުރު މަޢުލޫމާތު:

  • މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާ ގުޅިގެން ދޫކުރާ އަގުބަލާ ފޯމާ އެއްހީރަސްކުރެވިފައިވާނެއެވެ.
  • އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ބ. ތުޅާދޫ މަސްޖިދުއް ސަޢާދާގެ ފެންޑާގައި ޖަހާފައިހުރި ތަށިމުށިތައް ނައްޓާ އައު މުށި ޖަހާދިނުމަށް އެދި" މި ފަދައިން ޖަހާފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

            ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2022 ޑިސެމްބަރ 01 ވާ ބުރާސްފަތި ދުވަހުގެ 10:30 ށް  މި އިދާރާއަށް ދުރުވެ އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

04 ޖުމާދުދަލްއޫލާ 1444

28 ނޮވެންބަރު 2022
ހޯދާ