ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިތައް ދަފްތަރު ވުމާއި ގުޅޭ.

ހޯނޑެއްދޫގެ ވިޔަފާރިވެރިންގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ގިނަ ފަރާތްތަކެއް ރަޖިސްޓްރީ ކޮށްފައިވާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި އެ ވިޔަފާރިތަކުން އެކި މަސައްކަތްތައް ހޯނޑެއްދޫގައި އަދި އަތޮޅުގެ އެހެން ރަށްތަކުގައި އާއި ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް މަސައްކަތް ކުރަމުންދާކަން މިކައުންސިލަށްވަނީ ފާހަގަ ކުރެވިފައެވެ. މިގޮތަށް މަސައްކަތްކުރާ ފަރާތްތަކުން ސަރުކާރުގެ އިދާރާތަކަށް އެކި ކަންކަމުގައި ހުށަހަޅަންޖެހޭ ރެފަރެންސް ސިޓީތައް ހޯދުމަށާއި އެކި ވުޒާރާތަކުން އެވިޔަފާރީގެ މަޢުލޫމާތު ހޯދުމަށް ހުށަހަޅަމުންދެއެވެ. ކައުންސިލްގައި ދަފްތަރުނުވެ މި ދެންނެވި ވިޔަފާރިތައް ހިންގަމުންދާތީ، ކައުންސިލުން އެފަރާތްތަކަށް ދޭންޖެހޭ ލިޔުންތައް ދިނުމުގައި ދަތިތަކެއް އެބަހުއްޓެވެ.

ހޯނޑެއްދޫ އެޑްރެހެއްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންނާއި އަމިއްލަ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުން މިކައުންސިލްގެ އިދާރާގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވައިލަމެވެ. އަދި ހޯނޑެއްދޫގެ އެޑްރެހެއްގައި އަލަށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވާ އެންމެހާ ވިޔަފާރިތަކުން ވިޔަފާރި ރަޖިސްޓްރީ ކުރާތާ 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މިދަފްތަރުގައި ހިމެނުމަށް އެދި ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ވިޔަފާރި/ މަސައްކަތްތެރިން ދަފްތަރު ކުރުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ވީމާ، ކުރިޔަށް އޮތްތަނުގައި ކައުންސިލުން ވިޔަފާރިތަކަށް/ މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ލިޔުންތައް ދޫކުރެވޭނީ ވިޔަފާރިވެރިން/ މަސައްކަތްތެރިންގެ ގޮތުގައި ކައުންސިލްގައި ދަފްތަރުވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ނޮވެންބަރު 2022
ހޯދާ