ދިވެހިރާއްޖެ
ހައްދުންމަތީ އަތޮޅު ކައުންސިލް އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް، ކޮމިޔުނިޓީ ބޭސްޑް ޓޫރިޒަމް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް "ރީ-އިމޭޖިނިންގް ޓޫރިޒަމް" ގެ ނަމުގައި ލ.އަތޮޅުގައި ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން ލ.އަތޮޅުގެ ރަށު ކައުންސިލްތަކަށް އަމާޒު ކޮށްގެން "ގްރާންޓް އެވަރޑިންގް" ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތުގައި ހައްދުންމަތީ ރަށު ކައުންސިލްތަކަށް 150،000ރުފިޔާ އަށް ވުރެ މަދު ނުވާނެ އަދަދެއްގެ ފައިސާއެހީ ދިނުމައް ހަމަޖެހިފައިވަނީ ތިރީގައި ބަޔާން ކުރެވިފައިވާ އުސޫލާއިއެއްގޮތަށެވެ.
ހުށައަޅާ ޕްރޮޕޯސަލް ތައް ތިރީގަރިވާ ކްރައިޓީރިއާ ތަކަށް ފެތެން ވާނެއެވެ.
- ރަށު ޓޫރިޒަމް ތަރައްގީ އާއި ގުޅޭ ކަމަކަށްވުން.
- ޓޫރިސްޓުން އަދި އާންމުންނަށް ފައިދާ ހުރިކަމަކަށްވުން.
- ރާއްޖެއިން ގަންނަން ލިބޭ ތަކެތި ބޭނުން ކޮށްގެން މަސައްކަތް ނިންމުން.
- ތިމާވެއްޓަށް ގެއްލުން ހުރި ކަމަކަށް ނުވުން.
- ސަސްޓެއިނަބަލް ޓޫރިޒަމް ޑިވެލޮޕްމެންޓް ގޯލްސް އާއި ގުޅުން ހުރުން.
- މަސައްކަތް ޑިސެންބަރ 2022 މަހުގައި ފެށެން ވާނެ.
- ފެބްރުއަރީ 2023 ނިމުމުގެ ކުރިން ނިންމާލެވޭ މަސައްކަތަކައް ވާން ވާނެ.
- ދެވޭ ފައިސާ ހަމައެކަނި ބޭނުން ކުރެވެން ވާނީ ޕްރޮޕޯސަލް ގައި އެއްބަސްވެވިފައިވާގޮތައް.
- ޕްރޮޖެކްޓްގެ ދާއިރާތައް ޓޫރިޒަމް އާއި ގުޅުން ހުރުން. މި ފަދަ ދާއިރާތަކަކީ:
- ގޮޑުދޮށް ނުވަތަ އާސާރީ ތަނެއް ތަރައްގީ ކުރަން ކުރެވޭ މަސައްކަތަކައް ހެދިދާނެ.
- ރަށު ޓޫރިޒަމް ތަރައްޤީ ކުރުމަށް ފަށާފައި ނުނިމި ހުރި މަސައްކަތެއް ނިންމަން ބޭނުން ކުރެވިދާނެ.
- ސަގާފީ ޓޫރިޒަމް ނުވަތަ ސަގާފީ ތަނެއް ދެމެހެއްޓެނިވި ގޮތުގައި ކުރިއެރުވުމަށް ކުރެވޭކަމެއް ކުރެވިދާނެ.
- ޓޫރިޒަމް ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ ކަމަކައްވުން.
- މި ފަދަ އެހެނިހެން ޓޫރިސްޓް ތަރައްޤީ އާއި ގުޅުން ހުރި ކަމެށް އިޙްތިޔާރު ކުރެވިދާނެ.
ވީމާ، މި އެހީއަށް އެދި ހުށަހަޅަން ބޭނުންވާ ހައްދުންމަތީގެ ރަށު ކައުންސިލްތަކުން މާލީ އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލް އަދި އެޕްލިކޭޝަންފޯމް ފުރިހަމަ ކުރުމަށްފަހު، ބޭނުންވާ ލިޔެކިޔުމާ އާއިއެކު 08 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ޖެމްސް އިން ހުށަހެޅުއްވުން އެދެމެވެ. މި އެހީއަށް އެދި ހުށަހަޅާ ފޯމާއި ޕްރޮޕޯސަލް ފޯމް އިޢުލާނުގައި އެއްކަރުދާސް ކުރެވިފައި ވާނެވެ.