ދިވެހިރާއްޖެ
ރަށުގެ ބަނދަރުމަތި ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އަންނަނިވި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު: (IUL)383/383/2022/102 (06 ނޮވެމްބަރ 2022) އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ ބީލަންތައް ބާޠިލުކޮށް އަލުން އިޢުލާނު ކުރީމެވެ.
- ބަނދަރު ބުރުތައް ހެދުން
- ބަނދަރު ބޯޑުތައް ޖެހުން
- ބަނދަރު ތޮށިގަނޑުގެ މޫޓުތައް ޖެހުން
މި މަސައްކަތްތަކަށް ޝައުގުވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ބީލަން ހުށަހެޅުން ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
|
ތާރީޚާއި ގަޑި |
ތަން |
މަޢުލޫމާތު ދިނުން |
04 ޑިސެމްބަރ 2022 13:00 |
ވިލުފުށީ ކައުންސިލްގެ އިދާރާ |
އަންދާސީ ހިސާބު ހުށަހެޅުން |
11 ޑިސެމްބަރ 2022 13:00 |
ވިލުފުށީ ކައުންސިލްގެ އިދާރާ |
މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.