ދިވެހިރާއްޖެ
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް ހިންގުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވާތީ، މިހާރު އޮފީސް ހިންގަމުންދާ އިމާރާތުގައި ހުރި މި އޮފީހުގެ ތަކެތި އޮފީހުގެ އައު އިމާރާތަށް ބަދަލުކޮށް ރާވާ, ތަރުތީބުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2022 ޑިސެންބަރު 01 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން، ތިރީގައިވާ ލިންކުން މަޢުލޫމާތު ސާފުކުރެއްވުމަށް ޕްރީ-ރަޖިސްޓަރ ވުމަށާއި، ތިރީގައި ބަޔާންކޮށްފައިވާ ގަޑިއަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ޕްރީ-ރަޖިސްޓްރޭޝަން: https://forms.office.com/r/YnkaRCXiGk
އަންދާސީ ހިސާބު ހުށަހެޅުން:
ތަން: ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް
މޫކައި ސުއިޓްސް، 8 ވަނަ ފަންގިފިލާ
މ.ސަކައިމޫ، ހަވީރީ ހިނގުން
ތާރީޚް: 07 ޑިސެންބަރު 2022
ގަޑި: 11:00
މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި، ނަންބަރު 7960440 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.